ބޮލީވުޑްގައި މިވަގުތު އެންމެ ގަދަޔަށް ފިޔަޖަހަމުން އަންނަ ބަތަލު ކާތިކް އާރްޔަން ކުރިއަށް އޮތް ފިލްމު "ކެޕްޓަން އިންޑިއާ"ގެ ޕޯސްޓަރު ދައްކާލައިފި އެވެ.

"ކެޕްޓަން އިންޑިއާ"ގެ ފަސްޓް ލުކް ދައްކާލާފައިވާއިރު މިފިލްމަކީ ހާގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށްގެން ހަދާ ފިލްމެކެވެ. މި ފިލްމުގައި ކާތިކް ފެނިގެންދާނީ އައިއޭއެފް ޕައިލެޓެއްގެ ބައިންނެވެ.

"ސުކޭމް 1992"ގެ ޑައިކެޓަރު ހަންސަލް މެހެތާއެކީ ކާތިކް ފިލްމެއްގައި މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

ރޯނީ ސުކުރޫވާލާ އަދި ހަރްމަން ބަވޭޖާ ޕްރޮޑިއުސްކުރާ މި ފިލްމުގައި ފެނިގެންދާނީ ހަނގުރާމަ ހިނގަމުންދާ ގައުމަކުން ބަޔަކު ސަލާމަތް ކުރަމުންދާ މަންޒަރުތަކެކެވެ.

"ކެޕްޓަން އިންޑިއާ"ގެ ފަސްޓްލުކާއެކު ކާތިކް އޭނާގެ ސޯޝަލް މީޑިއާގައި ބުނެފައި ވަނީ "ކެޕްޓަން އިންޑިއާއަކީ ޝައުގުން ފުރިގެންވާ އިންސްޕައިރިންގް ފިލްމެއް. ގައުމުގެ ތާރީހުގައި ހިނގާފައިވާ މިކަހަލަ ފިލްމެއްގައި މަސައްކަތް ކުރެވޭތީވެ ފަހުރުވެރިވަން" ކަމަށެވެ.

ކާތިކްގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާއިރު "ބޫލް ބުލައްޔާ 2" ނެޓްފްލިސްގެ ފިލްމު "ދަމާކާ" އަދި ޓައިޓަލް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ "ސައްތިޔަނާރާޔަން ކި ކަތާ" ހިމެނެ އެވެ. އަދި މީގެ އިތުރުން ސައުތުގެ ސުޕަހިޓް ފިލްމު "އާލަ ވައިކުންތަޕުރަމުލޫ" ގެ ރިމޭކްއިން ކްރިތީ ސަނޮންއާއެކީ ފެނިގެން ދާނެ އެވެ.