ރީނދުލަކީ އަހަރެމެން ދިވެހިންގެ ކެއްކުމުގައި ވަރަށް އާއްމުކޮށް ބޭނުން ކުރެވޭ އެއްޗެކެވެ. އިންޑިއާގެ އަސްލެއް ކަމަށްވާ ހަވާދުގެ މި ބާވަތަކީ ގިނައިން ބޭނުން ކުރުމުން އޭގެ ސިއްހީ ފައިދާތައް އިތުރުވާ އެއްޗެކެވެ.
ދިފާއީ ނިޒާމް ވަރުގަދަ ކޮށްދޭ
ރީނދުލަކީ އޭގައި އިންސާނުންގެ ދިފާއީ ނިޒާމް ވަރުގަދަ ކޮށްދޭ ގިނަ މާއްދާތަކެއް އެކުލެވޭ އެއްޗެކެވެ. އެހެން ކަމުން ކެއްކުމުގައި ގިނައިން ރީނދޫ ބޭނުން ކުރުމަކީ ދިފާއީ ނިޒާމް ވަރުގަދަވެ ބަލިތަކުން ދުރުކޮށްދޭނެ ކަމެކެވެ.
ބަރުދަން ލުއި ކުރުމަށް އެހީވެދޭ
ރީނދުލަކީ ހަށިގަނޑުގައި އުފެދޭ އިންފްލެމޭޝަން ކުޑަކޮށްދޭ އެއްޗަކަށް ވުމާއެކު ބަރުދަން ލުއި ކުރުމުގައި އެހީ އަކަށްވެ އެވެ. ސަރުބީ ވިރުވުން އަވަސްކޮށް ބަރުދަން ލުއިކުރުމުގައި ނަތީޖާ ބޭނުންނަމަ ކެއުމުގައި ރީނދޫ ބޭނުން ކުރާށެވެ.
ހުޅުތަކުގައި ރިއްސުން ކުޑަކޮށްދޭ
ރީނދުލުގައި ހިމެނޭ އެންޓި އިންފްލެމޭޓަރީ މާއްދާތަކުގެ ސަބަބުން ހުޅުތަކުގައި ރިއްސުން ނުވަތަ ރާއްޖެ ބައްޔަށް ލުއި ލިބެ އެވެ. އެއީ ރިހުމާއި ވާންކަން އަދި ދުޅަވުން ކުޑަކޮށްދޭ ބާވަތެކެވެ.
ހަކުރާއި ކޮލެސްޓްރޯލް ކޮންޓްރޯލް ކޮށްދޭ
ލޭގައި ހުންނަ ހަކުރާއި ކޮލެސްޓްރޯލްގެ މިންވަރު އެއްވަރެއްގައި ބެހެއްޓުމަށް ރީނދޫ އެހީވެދެ އެވެ. އެހެންކަމުން ހަކުރު ބައްޔާއި ކޮލެސްޓްރޯލުގެ ބަލި ތަހައްމަލް ކުރަމުންދާ ފަރާތްތަކުން ހޫނު ފެނަށް ރީނދޫ އަޅައިގެން ބުއިމަކީ އެ ބަލިތަކުން ލުއި ލިބޭ ކަމެކެވެ.
ރީނދޫ ކަންްޏާ މެމްބަރުން ގިނަވާނެ ޕާޓީ އަށް.