ވިއްސާރަ މޫސުމަކީ އަހަރެމެންގެ ހަންގަނޑަށް އެކި ގޮތްގޮތުން އަސަރު ކުރާ ދުވަސްވަރެކެވެ. ހަންގަނޑު ހިކުމާއި ކުރަކިވުމަކީ މިގޮތުން އާއްމުކޮށް ކުރިމަތިވާ މައްސަލަތަކެވެ. ތިރީގައި މިވާ ކަންކަމުން އެފަދަ މައްސަލަތަކަށް ލުއެއް ލިބޭނެ އެވެ.
ގިނައިން ފެން ބުއިން
ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބުއިމަކީ ރީތި ހަންގަނޑަކަށް ވަރަށް މުހިއްމު ކަމެކެވެ. ރަނގަޅު މިންވަރަށް ފެން ނުލިބޭނަމަ ހަންގަނޑު ކުރަކިވެ ހިކުމަށް މަގުފަހި ވާނެ އެވެ.
މޮއިސްޗަރައިޒާ ބޭނުން ކުރުން
މޮއިސްޗަރައިޒާ އަކީ ހަންގަނޑު ކުރަކިވުމުން ދުރުކޮށްދީ ވިއްސާރަ ދުވަސްވަރު ހަންގަނޑަށް ކުރިމަތިވާ އެހެނިހެން މައްސަލަތަކުން ވެސް ދުރުކޮށްދޭ އެއްޗެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު ވެސް މޮއިސްޗަރައިޒާ ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެކެވެ.
ހޫނު ފެނުން ފެން ނުވެރުން
ހޫނުފެނުން ފެންވެރުމަކީ މޫނާއި ކަރު ފަދަ ނާޒުކު ހަންގަނޑު ހުންނަ ތަންތަނަށް ބޮޑަށް ގެއްލުން ލިބޭނެ ކަމެކެވެ. ހޫނު ފެނުން މިފަދަ ތަންތަނުގެ ހަންގަނޑު އަނދައި އިތުރު މައްސަލަތައް ދިމާާވާނެ އެވެ. އެހެން ކަމުން ވިއްސާރަ ނަމަވެސް ހޫނުފެނުން ފެންވެރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.
"އެވެޓާ"ގެ އާ ފިލްމަށް ބެލުންތެރިންގެ ތައުރީފު އޮހެނީ!
ދަރިވަރުންނަށް: އިމްތިހާނަށް ތައްޔާރުވާން ކުޑަ އެހީއެއް!
އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު