ޓީވީގެ މަގުބޫލު ތަރި އަޝްނޫރް ކޯރު ސީބީއެސްއީގެ ކްލާސް 12ގައި 94 ޕަސެންޓް މާކްސް ހޯދައިފި އެވެ.

ޓީވީ ޑްރާމާތައް ކަމަށްވާ "ޖާސީ ކި ރާނީ" އާއި "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އަދި ޕަޓިއާލާ ބޭބުބްސް" ފަދަ ޑްރާމާތަކުން މަޝްހޫރުކަން ހޯދި ބަތަލާ މިވަނީ ކިޔެވުމުގައި ބޮޑު ކާމިޔާބީ އެއް ހޯދާފަ އެވެ. އެގޮތުން އަޝްނޫރު ކިޔަވަމުން ދިޔަ ސީބީއެސްއީ އިން މިވަނީ 94 ޕަސެންޓް މާކްސް ހޯދާފަ އެވެ.

މިކަމާ ގުޅޭ ގޮތުން އީޓައިމްސްއަށް ދިން އިންޓަވިއުއްގައި އަޝްނޫރް ބުނެފައި ވަނީ އެއްވެސް އާ ޕްރޮޖެކްޓެއްގައި މަސައްކަތް ނުކުރީ އޭގެ ސަބަބުން ކިޔެވުމަށް ބުރޫއަރާފާނެތީ ކަމަށެވެ.

ކުރިއަށްދާން ކުރާ އުއްމީދާ ބެހޭގޮތުން ވާހަކަ ދައްކަމުން އަޝްނޫރު ބުނީ އޭނާ ނިންމާފައިއޮތީ އެކްޓިން ދަސްކުރުމާއި ފިލްމް ހެދުމާއި ޑައިރެކްޝަން ޕްރޮފެޝަންލް ލެވެލްއެއްގައި ދަސްކުރުމަށް ކަމަށެވެ.

"އަހަރެން ބޭނުން ވަނީ ބެޗްލާ އޮފް މާސް މީޑިއާ ހަދަން ކިޔެވުމަށް ވަގުތު ދޭން. ކިޔެވުމަށް ގައުމުން ބޭރަށް ވެސް ދެވިދާނެ،" އަޝްނޫރު ބުނެފައިވެ އެވެ.

އަޝްނޫރު ވަނީ އިތުރަށް ބުނިގޮތުގައި އޭނާ ވަނީ ގެއެއް ވެސް ގަނެފަ އެވެ. އެއީ އޭނާގެ ޑްރީމް ހައުސް ކަމަށާއި މިވަގުތު އޮތީ މަރާމާތު ކުރުމުގެ މަސައްކަތެވެ.

"އަމިއްލަޔަށް ކަންތައްތައް ކުރަން ފެށެވުމަކީ ހިތްހަމަ ޖެހޭ އަދި ބޮޑުވެއްޖެ ކަމުގެ ނިޝާނެއް. ބުރަ މަސައްކަތުގެ ނަތީޖާ. އަންނަ އަހަރު ކުރީކޮޅު ގެ ހަދާ ނިމޭނެ،" އަޝްނޫރު ބުނެފައިވެ އެވެ.