އަކްޝޭ ކުމާރުގެ ކުރިޔަށް އަންނަން އޮތް ފިލްމު "ބެލް ބޮޓަމް" މި މަހުގެ 19 ވަނަ ދުވަހު ތިއޭޓަރުގައި ރިލީޒްކުރަން ހަމަޖެހިފައިވާއިރު މި ފިލްމު 3 ޑީކޮށް ވެސް ދައްކާނެ ކަމަށް މިއަދު ހާމަކޮށްފި އެވެ.

މިކަން މިއަދު ހާމަކޮށްފައި ވަނީ އަކްޝޭ ކުމާރުކުރި ޓުވީޓެއްގަ އެވެ.

ރަންޖީތް ތިވާރީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ހުރިހާ މަންޒަރެއް ވެސް ނަގާފައި ވަނީ ސްކޮޓްލޭންޑްގަ އެވެ.

އަކްޝޭއާއެކު ލީޑް ބަތަލާގެ ރޯލުން ވާނީ ކާޕޫރު ފެނިގެންދާ މި ފިލްމުގައި ވާނީގެ އިތުރުން ލާރާ ދައްތާ އާއި ހުމާ ގުރައިޝީ ވެސް ފެނިގެންދާނެ އެވެ.

މީގެ ކުރިން "ބެލް ބޮޓަމް" ރިލީޒްކުރަން ހަމަޖެހިފައި އޮތީ މި އަހަރުގެ އޭޕްރިލް މަހު އެވެ. ނަމަވެސް ކޮރޯނާ ވައިރަހުގެ ސަބަބުން ދެވަނަ ފަހަރަށް އިންޑިއާ ލޮކްޑައުންއަކަށް ދިއުމާ ގުޅިގެން ރިލީޒްކުރުން ފަސްކުރަންޖެހުނީ އެވެ.

"ބެލް ބޮޓަމް" ވެގެންދާނީ ކޮރޯނާ ވައިރަސްގެ ޕެންޑަމިކް ފެށުނު ފަހުން އިންޑިޔާގެ ސިނަމާއެއްގައި ރިލީޒްކުރާ ފުރަތަމަ ބޮޑު ފިލްމަށެވެ.

ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި ފިލްމުގައި ފެނިގެންދާނީ 1980 ގެ އަހަރުތަކުގައި އުޅުނު މަޝްހޫރު ބައެއްގެ ވާހަކަތަކެވެ.