ބޮލީވުޑްގެ ނަން މަޝްޙޫރު ބަތަލާ ސްރީދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރުއަކީ މިހާރު ބޮލީވުޑްގައި އަރަމުން އަންނަ ތަރިއެކެވެ.

ޖާންވީ ބޮލީވުޑްއަށް ތައާރަފް ވެފައި ވަނީ 2018 ވަނަ އަހަރު ފިލްމް "ދަޑަކް" އިންނެވެ.

ދާދި ފަހުން ފެޝަން ބްރޭންޑް އަކަށް ރިކޯޑްކުރި ވީޑިއޯއެއްގައި ޖާންވީ ވަނީ އޭނާގެ ފުރަތަމަ މުސާރައިން އޭނާ ކުރީ ކީއްކަން ހާމަކޮށްފަ އެވެ. އެގޮތުން ޖާންވީ ކަޕޫރު ބުނީ މިހާރު މާ ރަނގަޅަށް ސީދާ ހަނދާން ނެތް ކަމަށާއި ހީވާ ގޮތުގައި އޭނާ އޭނާގެ ފުރަތަމަ މުސާރައިން ގަތީ ލަންޑަން ނޫނީ ނިއުޔޯކްއަށް ދާން ޓިކެޓް ކަމަށެވެ.

https://www.youtube.com/watch?v=TIE92mUvSsw

މި ވީޑިއޯ ގައި ޖާންވީ ކަޕޫރު އިތުރަށް ވަނީ އޭނާ ޑޭޓަކަށް ދާނަމަ ހެދުން އަޅަން އެންމެ ބޭނުންވާ ގޮތް ވެސް ހާމަކޮށްފަ އެވެ. އެގޮތުން ޖާންވީ ބޭނުންވަނީ ރީތި އާދައިގެ ގަޔަށް ފިޓް ކަޅު ހެދުމަކާއި ސްނީކާސް އެއް އެ ދުވަހަކުން ލާންށެވެ.

ޖާންވީ ކަޕޫރު ގެ މަސައްކަތްތަކަށް ބަލާލާއިރު "ދަޑަކް" އަށްފަހު ޖާންވީ ވަނީ ޒޯޔާ އަކްތަރްގެ ކުރު ފިލްމް "ގޯސްޓް ސްޓޯރީސް" އިން ފެނިގެން ގޮސްފަ އެވެ.

އެއަށްފަހު މިދިޔަ އަހަރު ޖާންވީ ވަނީ ފިލްމު"ގުންޖަން ސަކްސޭނާ" އިންވެސް ފެނިގެންގޮސްފަ އެވެ. ހަމަ މިއާއެކު މި އަހަރު ޖާންވީ ވަނީ އާނަންދު އެލް ރާއީ ގެ ފިލްމު "ގުޑް ލަކް ޖެރީ" ގައި މަސައްކަތް ކޮށްފަ އެވެ. ދެން އެންމެ އަވަހަށް ޖާންވީގެ ކުރިޔަށް އޮތް މަސައްކަތަކީ "ދޯސްތާނާ" 2 ކަން ފާހަގަކޮށްލެވެ އެވެ.