ލޯބީގެ އަދި ކައިވެނީގެ ގުޅުމުން ބޭރުން ގުޅުމެއް އުފައްދާ ބައިވެރިޔާއަށް ބޭވަފާތެރިވުމަކީ ފިލްމު އަދި ޓެލެވިޒަން އިންޑަސްޓްރީގައި ވަރަށް ވެސް އާންމުވެފައިވާ ކަމެކެވެ.

ބައިވެރިއާއަށް ކެހިދީފައި އެހެން މީހަކަށާ އެކީ ފެނުން އެއީ ކޮންމެ ދުވަހަކު އިވޭ މި ވާހަކަތަކުގައި ގިނަ ފަހަރަށް ކުށްވެރުކުރަނީ އެ ދިރިއުޅުމަށް އަންނަ ތިންވަނަ މީހަކަށްވާއިރު ބައިވެރިޔާއަށް ބޭވަފާތެރިވާ މީހާއަށް ބްލޭމް ނުކުރަނީ ކީއްވެ ހެއްޔެވެ.

އަންކިތް ގެރާ

އަންކިތް ގެރާ އާއި ރުޕަލް ތިޔާގީ އަދި އަދާ ޚާން

ސަޕްނޭ ސުހާނޭ ލަޑަކްޕަން ކީ ސީރިއަލްއިން މަޝްހޫރުވެގެންދިޔަ އެކްޓަ އަންކިތް ގެރާ ވަނީ އެއްފަހަރާ ދެ އެކްޓްރެސް އާ ލޯބީގެ ގޮތުން ގުޅިގެން އުޅެފަ އެވެ. އަންކިތްވަނީ އަދާ އާ ލޯބީގެ ގޮތުން ގުޅިގެން ހުރެ ރުޕަލްއާ ރައްޓެހިވެފަ އެވެ. މިކަން ދެ އެކްޓްރެސްއިންނަށް އެނގުމުން ދެ މީހުން ވެސް ވަނީ އަންކިތްއާ ރުޅިވެފަ އެވެ. އަންކިތްއަށް ތިންފަހަރު ބޭވަފާތެރިވުމުން މާފްދިން ކަމަށް އަދާވަނީ އިންޓަވިއުއެއްގައި ބުނެފަ އެވެ.

ކަރަން ސިންގް ގުރޯވާ

ކަރަން ސިންގް ގުރޯވާ އާއި އޭނާ ލޯބީގެ ގޮތުން ގުޅުނު ތަރިން

ކަރަން ސިންގް ގުރޯވާ ވަނީ އެތައް ފަހަރަކު އޭނާގެ ބައިވެރިޔާއަށް ބޭވަފާތެރިވެފަ އެވެ. ކަރަން ފުރަތަމަ ކައިވެނި އެކްޓްރެސް ޝްރައްދާ ނިގަމްއާއެކު ދެމިގެން ދިޔައީ 10 މަހަށެވެ. ސްރައްދާ މި ކައިވެނި ނިމުމަކަށް ގެނެސްފައިވަނީ ކަރަން އޭނާގެ ޖަލަކް ދިކްލާ ޖާގެ ކޮރިއަގުރަފާ އާ އެކީ ބޭވަފާވުމުންނެވެ. ޖެނިފަވިންގެޓްއާ އެކު ކުރި ދެވަނަ ކައިވެނި ވެސް ރޫޅިފައިވަނީ ކަރަންގެ މިހާރުގެ އަންހެނުން ބިޕާޝާ ބާސޫއާއެކު އޭނާގެ ގުޅުން ބަދަހިވުމުންނެވެ.

އެޖާޒް ޚާން

އެޖާޒް ޚާން އާއި އަނީތާ ހަސްނަންދާނީ

ޓެލެވިޒަން އިންޑަސްޓްރީގެ "ބުލޫ އައިޑް ބޯއި"ގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ އެކްޓަރު އެޖާޒް ޚާން އޭނާ ކުރީގެ ލޯބިވެރިޔާ އަނީތާ އާ ލޯބީގެ ގޮތުން ގުޅިފައިވަނީ އެ މީހުންގެ ޝޯ ކާވިޔަންޖަލީ އިންނެވެ. އެތައް އަހަރަކު ރައްޓެހިވެގެން އުޅުމަށްފަހު މި ގުޅުން ކައިވެންޏާ ހިސާބަށް ގޮސްފައިވަނިކޮށް ދެ ތަރިން ރުޅިވިކަމުގެ ހަބަރު ވެގެންދިޔައީ އެއްމެން ސިއްސުވާލި ހަބަރަކަށެވެ.

އެތައް އަހަރެއް ވޭތުވެގެން ދިޔަ ފަހުން އިޖާޒްވަނީ ހުރިހާ ކަމެއް ގޯހުން ގޯހައްދިޔައީ އޭނާގެ ސަބަބުން ކަމަށާއި އަނީތާއަށް ބޭވަފާވީ އޭނާ ކަމަށް ބުނެފަ އެވެ. އަނީތާ ވަނީ ބިޒްނަސްމެން ރޯހިތްއާ ކައިވެނިކޮށްފަ އެވެ.

ކަރަން ޕަޓޭލް

ކަރަން އާއި ކާމިޔާ ޕަންޖާބީ

ކަރަންއަކީ މިއަދު އުފާވެރި ކައިވެންޏެއްކޮށް، ލޯބި ލޯބި އަންހެން ކުއްޖެއްގެ ބައްޕައެކެވެ.

ކަރަން އަންކިތާ އާ ކައިވެނިކުރުމުގެ ކުރިން ކާމްޔާ ޕަންޖާބީއާ ވަރަށް ވެސް ސީރިއަސް ގުޅުމެއް އޮތްކަން ގިނަ ބަޔަކަށް އެގޭނެ އެވެ. އަދި ކަރަންވަނީ ކައިވެނިކުރާނެ ކަމުގެ ވައުދު ވެސް ކާމްޔާއަށްވެފަ އެވެ.

ކާމްޔާއަށް ސިހުން ލިބުނީ ކަރަން ކާމްޔާއަށް ނޭނގި އެ މީހުންގެ ގުޅުން ކަނޑާލާ އަންކިތާއާ ކައިވެނިކުރުމަށް ހުރިހާ ކަމެއް ނިންމުމުންނެވެ.