އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ރެޕާ ޔޯ ޔޯ ހަނީ ސިންހްގެ ގެވަށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.

އުމުރުން 38 އަހަރުގެ ލަވަކިޔުންތެރިޔާ ޔޯ ޔޯ ހަނީ ސިންހް އާއި ދެކޮޅަށް ގެވެށި އަނިޔާގެ މައްސަލަ އޭނާގެ އަންހެނުން ސާލިނީ ޓަލްވާރްވަނީ ދިއްލީގެ ކޯޓަށް ހުށަހަޅާފަ އެވެ. އަދި މިމައްސަލާގައި ހަނީ ސިންހްގެ ޖަވާބެއް މިމަހުގެ 28 ކުރިން ކޯޓަށް ހުށަހަޅަން ޖެހެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސާލިނީ ވަނީ ހަނީ ސިންހްއާ ދެކޮޅަށް ގެވެށި އަނިޔާ އާއި ޖިންސީ އަނިޔާ މައްސަލަ ވެސް ހުށަހަޅާފަ އެވެ.

ވޭތުވެ ދިޔަ ދެ ތިން މަހުގެ ތެރޭގައި ސާލިނީ ވަނީ މި ކަން ހިނގާކަމުގެ އިޝާރާތްތައް އޭނާގެ ސޯސަލް މީޑިއާ އެކައުންޓުގައި ހިއްސާކޮށްފަ އެވެ.

ޖޫން މަހު ސާލިނީ ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި "ސޮސައިޓީގެ ކޮންމެ ކެޓަރީއަކަށް ނިސްބަތްވި ކަމުގައިވިޔަސް، އެއީ މުއްސަންޖަކަސް، ފަގީރަކަސް، ކިޔަވައިގެން ހުއްޓަސް ނެތަސް އަނިޔާއާ އުނދަގުލާ ކުރިމަތި ލާން ޖެހޭ" ކަމަށެވެ.

ޔޯ ޔޯ ހަނީ ސިންއަކީ ހަބަރުތަކުގެ ފަލަ ސުރުހީއަށް އެކި ގޮތްގޮތުން އަރާފައިވާ ފަންނާނެކެވެ. ހާއްސަކޮށް ނޭދެވޭ ހުރިހާ ގޮތްގޮތުންނެވެ.

މި އަހަރު ޖެނުއަރީ މަހު ސާލިނީވަނީ ވަރަށް ބޮޑަށް ޔޯ ޔޯ ހަނީ ސިންހްގެ ލަވަ ސައްޔާންޖީ ޕްރޮމޯޓް ކޮށްދީފަ އެވެ.