ކިއާރާ އަދްވާނީއަކީ މިހާރު ބޮލީވުޑްގައި އަރަމުން އަންނަ ތަރިއެކެވެ.
ފިލްމު ޝޭރްޝާހްގެ މަސައްކަތްތައް ކިއާރާ މިހާރު ނިންމާލައިފައިވާއިރު ކުރިޔަށް އަދި އޭނާގެ ތިން ފިލްމް އެބައޮތެވެ. ކިއާރާ މިހާރު މިވަނީ އަނެއްކާ ވެސް އެހެން ފިލްމަކަށް ސޮއިކޮށްފަ އެވެ.
މި ފިލްމުގައި ދެވަނަ ފަހަރަށް ކިއާރާ އާއި ކާތިކް އާރްޔަންއެކުގައި މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފަ އެވެ.
ކިއާރާ ކުޅެން ހަމަޖެހިފައިވަނީ ސަތްޔަނާރަޔަންކީ ކަތާގެ ނަމުން ކުރިން ނަންދިން ފިލްމުގެ އަންހެން ލީޑް ރޯލެވެ. މި ފިލްމުގެ ނަން މިހާރު ވަނީ ބަދަލުކުރަން ނިންމާފަ އެވެ.
ކާތިކް އާއި ކިއާރާ ވަނީ އެކުގައި "ބޫލްބުލައްޔާ 2" ގައި މަސައްކަތް ކުރަން ފަށައިފަ އެވެ. މި ފިލްމުގައި ކާތިކްއަށް ސަތްޔާގެ ނަމުން ނަން ދީފައިވާއިރު ކިއާރާގެ ނަމަކަށް ކިޔަނީ ކަތާ އެވެ.
ފިލްމްގެ ޕްރޮޑަކްޝަން ޓީމުން މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައްވަމުންނެވެ.
މި ފިލްމުގެ މަސައްކަތް ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހު އެވެ. އެއީ ކިއާރާ އާއި ކާތިކް އެ މީހުންގެ ކުރިޔަށް ހުރި މަސައްކަތްތަށް ނިންމާލުމަށްފަހު އެވެ.