މި އަހަރަކީ އަކްޝޭ ކުމާރުގެ ގިނަ ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް އަންނަން އޮތް އަހަރެކެވެ. ކޮވިޑްގެ މި ބަލިމަޑުކަމުގެ ތެރޭގައި ވެސް އަކްޝޭގެ ފިލްމީ މަސައްކަތްތަކަށް ކުޑަވެސް މަޑުޖެހުމެއް ނާދެ އެވެ.

އަންގާރަ ދުވަހު އޭނާގެ ކުރިޔަށް އޮތް ފިލްމު "ބެލް ބޮޓަމް" ގެ ޓްރެއިލާ ރިލީޒް ކޮށްފައިވާއިރު އަނެއްކާ ވެސް އަކްޝޭ ދަނީ އޭނާގެ އެހެން ފިލްމެއް ކަމަށްވާ "ބައްޗަން ޕާންޑޭ" ގެ ޓްރެއިލާ ރިލީޒްކުރުމަށް ތާއްޔާރުވަމުންނެވެ.

އިންޑިޔާގައި ދިވާލީ ޗުއްޓީއަކީ އަބަދުވެސް ގިނަ އަދަދެއްގެ ފިލްމުތަކެއް ރިލީޒްކުރާ ހާއްސަ ދުވަސްވަރެކެވެ. އެގޮތުން މިފަހަރު އަކްޝޭ ކުމާރު ވެސް މިވަނީ ދިވާލީގެ ހަދިޔާގެ ގޮތުގައި އޭނާގެ ސަޕޯޓަރުންނާ ހަމައަށް މި ފިލްމުގެ ޓްރެއިލާ ގެނެސްދިނުމަށް ނިންމައިފަ އެވެ.

މި ފިލްމުގައި އަކްޝޭގެ އިތުރުން ދެން ފެނިގެންދާ ތަރިންގެ ތެރޭގައި ކްރީތީ ސަނޯންއާއި ޖެކޮލީން ފެނާންޑެސް ހިމެނެ އެވެ.

މި ފިލްމުގެ އެންމެ ފަހުގެ ޝޫޓިންތައް ނިންމާލައިފައި ވަނީ ދާދި ފަހުން މުމްބާއީގަ އެވެ. ފިލްމުގެ ޝޫޓިންތައް ވަނީ ނަގައި ނިންމާލާފައި ވަނީ ޖުމްލަ 55 ދުވަހުގެ ތެރޭގަ އެވެ.