ޖޭމްސް ގަން ޑައިރެކްޝަން އިން އުފައްދާފައިވާ ފިލްމް "ދަ ސުއިސައިޑް ސްކޮޑް" ރިލީޒްކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އެޗްޑީ ކޮލިޓީގައި އިންޓަނެޓްގައި ލީކް ކޮށްލައިފި އެވެ.

"ދަ ސުއިސައިޑް ސްކޮޑް" އިންޑިއާގައި ރިލީޒްކޮށްފައި ވަނީ މި މަހުގެ ފަސްވަނަ ދުވަހު ތިއޭޓަރުތަކުގަ އެވެ.

ފިލްމާ ބެހޭ ގޮތުން މީގެ ކުރިން ބުނިގޮތުގައި މި ފިލްމަށް ގިނަ ބައެއްގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ބެލެވެ އެވެ. ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދާ ބައިވެރިންގެ ތެރޭގައި އިދްރިސް އެލްބާ، ޖޯން ސީނާ،. ވައޯލާ ޑޭވިސް ހިމެނެ އެވެ.

https://www.youtube.com/watch?v=aRHAE1AZugY

ފިލްމްތައް ރިލީޒް ކުރާތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ފިލްމް ލީކްވެގެން ދިއުމަކީ ވަރަށް އާންމު ކަމެކެވެ.

އެގޮތުން އިންޑިއާގައި އަދި ރިލީޒް ނުކުރާ ފިލްމުތައް ކަމަށްވާ ކުރޫއެއްލާ، މުލާން، ދަ ކުއައެޓް ޕްލޭސް 2 އާއި ދަ ކޮންޖަރިން: ދަ ޑެވިލް މޭޑް މީ ޑޫ އިޓް ވަނީ އިންޑިއާގައި ލީކް ކޮށްލާފައިވެ އެވެ.