މާގިނައިން ކުކުޅު ބިސް ކެއުމަކީ ހަށިގަނޑަށް ގެއްލުން ހުރި ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ނަމަވެސް ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ބިހަކީ ހަށިގަނޑަށް ނުހަނު ފައިދާހުރި އެއްޗަކަށް ވީއިރު، ދުވާލަކު ދެތިން ބިސް ކެއުމަކީ ހަށިގަނޑަށް އޭގެ ސަބަބުން ގިނަ ބަދަލުތަކެއް ގެނުވައިދޭނެ އެއްޗެކެވެ.

ބިހަކީ ލުޓެއިން އޭ ކިޔުނު މާއްދާއެއް ގިނަ އަދަދަކަށް ހިމެނޭ ކެއުމެއް ކަން ދިރާސާތަކުން ވަނީ އެނގިފަ އެވެ. މި މާއްދާއަކީ ލޮލުގެ ފެނުން ސާފުވެ، ރަނގަޅުވުމަށް މެދުވެރިކުރުވާ މާއްދާ އެކެވެ.

ހަމައެއާއެކު ބިހުގައި ހިމެނޭ ވިޓަމިން ބީގެ ސަބަބުން ހަމާއި އިސްތަށިގަނޑަށް ގިނަ ފައިދާތަކެއް ލިބެ އެވެ. ބިސް ކެއުމުގެ އިތުރުން ފޭސް މާސްކްތައް ހަދާއިރު އެ ބޭނުންކުރުމަކީ ހަން ތާޒާ ކޮށްދޭނެ ކަމެކެވެ.

މީގެ އިތުރުން ކެލޮރީ މަދު ޑައިޓަކާއެކު ދުވާލަކު ދެތިން ބިސް ކާނަމަ ބަރުދަން ލުއިވެ، އެކަމުގެ ނަތީޖާ ފެނުން އަވަސްވެ އެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު ބިހަކީ ހަށިގަނޑަށް ގެއްލުންދެނިވި އެއްޗެކޭ ބުނެވޭކަށް ނެތެވެ. އެހެނީ، އެއީ ދުޔަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ވަރަށް މުހިއްމު އެއްޗެކެވެ.