ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ސީރީޒެއް ކަމަށްވާ "ސްޓްރޭންޖާ ތިންގްސް"ގެ ހަތަރު ވަނަ ބައިގެ އާ ޓީޒާއެއް ރިލީޒްކޮށްފި އެވެ.

މި ސީރީޒްގެ ހަތަރު ވަނަ ބައި ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރު އެވެ. މި ސީރީޒްގެ ތިންވަނަ ބައެއް އާންމުންނާ ހަމައަށް އައިސްފައި ވަނީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ. ގިނަ ބަޔަކު މި ސީރީޒްގެ ހަތަރު ވަނަ ބައި މި އަހަރުގެ ތެރޭގައި ބަލާލަން ލިބޭނެ ކަމަށް އުއްމީދުކުރި އެވެ. ނަމަވެސް ކޮވިޑް 19ގެ ބަލިމަޑުކަމުގެ ސަބަބުން ޝޫޓްކުރަން މެދުކަނޑާލުމަށް މަޖުބޫރުވީ އެވެ.

https://www.youtube.com/watch?v=gM5OVZtq8xM

މީގެ އިތުރުން މިފަހަރުގެ ސީޒަންގައި ސީރީޒްގެ ތަރި މިލީ ބޮބީ ބްރައުން (އެލެވެން)ގެ ބެކް ސްޓޯރީ އެނގިގެންދާނެކަން ވަނީ ހާމަވެފަ އެވެ. މި ސީޒަންގެ އާ ޓީޒާކޮޅު ދައްކާލި ނަމަވެސް ސީރީޒް ދައްކާނެ ތާރީޚެއް އަދި ބުނެފައެއް ނުވެ އެވެ.

މީގެ އިތުރުން ތިންވަނަ ސީޒަން ނިމުނުއިރު، ގިނަ ބަޔަކު ހީކޮށްގެން ތިބީ ހޮޕާ މަރުވީ ކަމަށެވެ. ނަމަވެސް ހަތަރު ވަނަ ސީޒަންގެ ޓީޒާގައި ހޮޕާ ފެނުމުން މިއީ ސްޓޭންޖާ ތިންގްސްގެ ފޭނުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވެގެންދިޔަ އެވެ.