އިޓާލިއަން އެކްޓަރު މިޝޭލް މޮރޯންއަކީ މަޝްހޫރު ޑްރާމާއެއް ކަމަށްވާ "365 ޑޭސް" އިން މަޝްހޫރުވި ފަންނާނެކެވެ.
ދާދި ފަހުން އޭނާއަށް ބޮލީވުޑުން ފުރުސަތުތައް ލިބެމުންދާ ކަމަށާއި ބޮލީވުޑުން ފެނިގެންދިޔުމަކީ އެކަށީގެންވާ ކަމެއްކަން ހާމަކޮށްފަ އެވެ.
ނަމަވެސް ލަފާކުރެވޭ ގޮތުގައި ފިލްމަށް ވުރެ ކުރިން އޭނާ މިހާރު ތައްޔާރުވަނީ ބޮލީވުޑްގެ ބައެއް އަންހެން ފަންނާނުންނާއެކު އިތުރު މަސައްކަތެއް ކުރުމަށެވެ. އެއީ މިއުޒިކް ވީޑިއޯއެއްގެ މަސައްކަތެވެ.
އިންޑިއާގެ މީޑިއާއަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ވަރަށް އަވަހަށް މިޝޭލް އިންޑިއާއަށް އަންނަން ވަނީ ހަމަޖެހިފަ އެވެ. އޭނާ އާއެކު މިއުޒިކް ވީޑިއޯ ކުޅުމަށް ބޮލީވުޑްގެ ހަތަރު އަންހެން ފަންނާނަކާ މިހާރު ވާހަކަތައް ދެކެވެމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ. އެއީ ކިއާރާ އަދްވާނީ، ތާރާ ސުތާރިއާ، ދިޝާ ޕަޓާނީ އަދި ޖެކޮލީން ފަރްނޭންޑިސް އެވެ.
މިޝޭލް އާއެކު މީގެ ތެރެއިން އަންހެން ދެ ބައިވެރިން ނުވަތަ ހަތަރު ބައިވެރިން އެއްކޮށް ވެސް ފެނިދާނެ އެވެ.
ރާ ބުއިން ހުއްޓާލުމުން ދިރިއުޅުން ރަނގަޅުވެއްޖެ: ބޮބީ
ރުޅިއަކީ ޖިސްމާނީ ސިއްހަތަށް ވެސް ނުރައްކަލެއް!
ނިދާއިރު ފަންކާއާއި އޭސީ އެއްކޮށް ނުޖަހާތި!