"ޕަޓިއާލާ ބޭބްސް"އިން މަޝްހޫރުކަން ހޯދި ޓީވީތަރި ޕަރިދީ ޝަރުމާ މިފަހަރު ވެސް ޑްރާމާއިން މަންމައެއްގެ ރޯލު ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

2010 ވަނަ އަހަރު ސްޓާ ޕްލަސްގެ ސީރީޒްއިން ޓެލެވިޒަން އިންޑަސްޓުރީއަށް ނިކުތް ޕަރިދީ ޝަރުމާ ކުރިއަށް އޮތް ސީރީޒް ފެނިގެންދާނީ މަންމައެއްގެ ރޯލުންނެވެ.

34 އަހަރުފެ ބަތަލާ މި ފަހަރު ފެންނާނީ ސްޓާ ޕްލަސްއިން އަލަށް ފަށަށް އުޅޭ "ތިކޫ ކީ މަންމީ ދޫރުކޭ" އިންނެވެ. މި ސީރީޒްއަކީ މަޝްހޫރު ސީރީޒް އުފެއްދުންތެރިޔާ ގުލް ޚާންގެ އުފެއްދުމެކެވެ.

މީގެ ޕްރޮމޯ މިހާރު ސްޓާ ޕްލަސްއިން ދައްކަމުން އަންނަ އިރު، މި ސީރީޒްގައި ފެންނާނީ ނެށުމުގެ ހުނަރު ލިބިފައިވާ ކުއްޖަކާއި މަޔަކާ އޮންނަ ގުޅުމެވެ. މ ސީރީޒްގައި ޕަރިދީގެ އިތުރުން ހިމާންޝޫ މަލްހޯތުރާ ވެސް ފެންނާނެ އެވެ.

https://www.youtube.com/watch?v=nNUWxlmvG1w

ޕަރިދީ މަގުބޫލްކަން ހޯދާފައި ވަނީ ޖޯދާ އަކްބަރްގައި ކުޅުނު ޖޯދާބައިގެ ރޯލްއިންނެވެ.

ސޮނީ ޓީވީގެ ސީރީޒް "ޕަޓިއާލާ ބޭބްސް"ގައި ކުޅުނު ބަބިތާގެ ރޯލުން ގިނަބައެއްގެ ލޯބި ޕަރީދީއަށް ވަނީ ލިބިފަ އެވެ. މި ސީރީޒްގައި ޕަރިދީ ކުޅެފައިވަނީ ޒުވާން އަންހެން ކުއްޖެއްގެ މަންމަގެ ރޯލެވެ.