2012 ވަނަ އަހަރު ނުކުން ކަރަން ޖޯހަރުގެ ފިލްމު "ސުޓޫޑެންޓް އޮފް ދި އިޔާ" އިން ބޮލީވުޑަށް ނުކުތް އެކްޓަރު ސިދާތު މަލްހޯތުރާއަކީ މިއަދު ކާމިޔާބު ސަޕޯޓަރުންގެ ބޮޑު މަގުބޫލްކަމެއް ހޯދާފައިވާ ތަރިއެކެވެ. އެ އެކްޓަރު މިވަގުތު ހުރީ ކުރިޔަށް އޮތް ފިލްމު "ޝޭރްޝާހް"ގެ ރިލީޒްންގެ އިންތިޒާރުގަ އެވެ.

ސިދާތްގެ މިލްކިއްޔާތުގައި ހުރި މުދަލުގެ އަގު ފެނިފައި ހައިރާންނުވެ ނުދާނެ އެވެ.

ހާލީ-ޑޭވިޑްސަން ޑައިނާ ފެޓް ބޮބް

ގިނަ ބޮލީވުޑްގެ ތަރިންގެ އިތުރުން ސިދާތުގެ އަތުގައި ވެސް ހާލީ-ޑޭވިޑްސަން ޑައިނާ ފެޓް ބޮބްއަކީ 1.7 މިލިއަން ރުޕީސްގެ އަގުހުރި ސައިކަލެކެވެ. ސިދާތުގެ އިތުރުން ސައިފް އަލީ ޚާން، ޝާހިދް ކަޕޫރް އަދި ސަންޖޭ ދަތްވެސް ހަމަ މި ބްރޭންޑުގެ ސައިކަލް ދުއްވަ އެވެ.

ރޭންޖް ރޯވާ ވޯރްޖް

ސިދާތްގެ އަތުގައި އިންޑިއާގެ އެންމެ އަގުބޮޑު ކާރުތަކުގެ ލިސްޓުގައި ހިމެނޭ ރޭންޖް ރޯވާ ވޯގްގެ ކާރެއް ވެސް އޮވެ އެވެ. ސިދާތު މިކާރު ދުއްވާތަން ވަނީ ފުދޭވަކަށް ފެނިފަ އެވެ. މި ކާރަކީ 2.5 ކަރޯޑު (336،000 ޑޮލަރު)ގެ ކާރެކެވެ.

މާސޭޑީސް ބެންޒް އެމްއެލް 350 4މެޓިކް

ސިދާތް 2014 ވަނަ އަހަރުގަތް އަގުހުރި ކާރުގެ އަގުން ވެސް ސަޕޯޓަރުން އަންތަރީވާވަރުވެ އެވެ. 66 ލައްކައިގެ މާސޭޑީސް ބެންޒް އެމްއެލް 359 4 މެޓިކްއަކީ އެކްޓަރުގެ ކާރު ކަލެކްޝަންގައި ހިމެނޭ މީހުންގެ ހިތްތައް ކަތިލާވަރު އެއްޗެކެވެ.

ސިދާތްގެ ލެވިޝް ބެޗްލަ ޕެޑް

މުމްބާއީގެ ޕާލީ ހިލްސްގައި ހުންނަ ސިދާތްގެ "ލެވިޝް ބެޗްލާޕެޑް" އެޕާޓްމެންޓް ޑިޒައިން ކޮށްފައިވަނީ މަޝްހޫރު އިންޓީރިއާ ޑިޒައިނަރު އަދި ބޮލީވުޑްގެ ބާދްޝާ ޝާޚްރުކްގެ އަންހެނުން ގޯރީ ޚާން އެވެ. އެކްޓަރު ވަނީ ލޮކްޑައުންގެ ދުވަސްތައް އެގޭގައި ހޭދަ ކޮށްފަ އެވެ.