"މަން ކީ އާވާޒް ޕްރަތިގްޔާ"ގައި ތާކުރް ސައްޖަން ސިންގެ ރޯލްއިން ފެނިގެންދިޔަ އެކްޓަރު އަނޫޕަމް ޝާމް މަރުވެއްޖެ އެވެ.

އުމުރުން 63 އަހަރުގައި އަނޫޕަމް މަރުވީ ކިޑްނީގެ ބައްޔަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

ފާއިތުވީ އެތައް ދުވަހަކުއްސުރެ އޭނާ އޮތީ ހާލު ބޮޑުވެގެން ވެންޓިލޭޓަރުގަ އެވެ. އެކްޓަރު މަރުވެފައި ވަނީ ގިނަ ގުނަވަންތަކެއް ފެއިލްވުމުގެ ސަބަބުންނެވެ.

އަނޫޕަމް ޝާމް އެންމެ ފަހުން ފެނިފައި ވަނީ ސުޓާ ބާރަތްއިން ދެއްކި މަން ކީ އާވާޒް ޕްރަތިގްޔާ 2"އިންނެވެ.

އަނޫޕަމް ވަނީ ބޮލީވުޑްގެ ބައެއް ފިލްމުތައް ވެސް ކުޅެފަ އެވެ. އޭގެ ތެރޭގައި "ދިލް ސޭ" އާއި "ހަޒާރޯން ކުވާއިޝޭ އެއިސީ" އާއި "ސުލަމްޑޯގް މިލިއަނާ" އަދި "ބަންޑިތް ކުއީން"ގެ އިތުރުން އާމިރް ޚާންއާ އެކީ "ލަގާން" އިން ވެސް ވަނީ ފެނިފަ އެވެ.