2019 ވަނަ އަހަރުގެ ތެރޭގައި އަކްޝޭ ކުމާރު ވަނީ އޭނާ އެމޭޒަން ޕްރައިމް ވީޑިއޯއާ ގުޅިގެން އޭނާގެ ޑިޖިޓަލް ޑެބިއުޓްއެއް ހަދާނެކަން އިއުލާންކޮށްފަ އެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން އުއްމީދުކުރި އެއްވެސް ގޮތަކަށް ކަންކަން ގޮސްފައިވާ ނުވާ ކަމަށް އަކްޝޭ ވަނީ ބުނެފަ އެވެ.

ދާދި ފަހުން އަކްޝޭގެ "ބެލް ބޮޓަމް" އާ ބެހޭގޮތުން އިންޑިޔާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގެ ތެރެއިން އަކްޝޭ މިވަނީ އޭނާގެ ޑިޖިޓަލް ޑެބިއުޓް އަންނާނެ ދުވަހެއް ބެލުންތެރިންނަށް ހާމަކޮށްފަ އެވެ. އެގޮތުން އެއީ 2022 ވަނަ އަހަރުގައި ކަމަށް އަކްޝޭ ވަނީ ބުނެފަ އެވެ

އަކްޝޭގެ މި ޑިޖިޓަލް ޑެބިއުޓް ފިލްމަކީ އެކްޝަން ތްރިލާއެކެވެ. އަދި މި ފިލްމުގެ ނަމަކީ "ދަ އެންޑް" އެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި އަކްޝޭ ވަނީ ކޮވިޑްގެ މި ބަލިމަޑުކަމުގެ ތެރޭގައި ވެސް ހަތަރު ފިލްމެއްގެ މަސައްކަތްތައްކޮށް ނިންމާފަ އެވެ. އަދި އަކްޝޭ ވަނީ ބައެއް މީހުން އެހާ ގިނަ ފިލްމުގެ މަސައްކަތްތައް ނުކުރެވެވެންވީ ސަބަބެއް ނޭނގޭ ކަމަށް ބުނެފަ އެވެ.

މަސައްކަތް ކޮށްފިނަމަ އެއީ ނުކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށް ވެސް އަކްޝޭ ވަނީ ބުނެފަ އެވެ.