އަކްޝޭ ކުމާރުއަކީ އޭނާ ކުޅޭ ކޮންމެ ރޯލްއަކުން ވެސް ބެލުންތެރިންނަށް ހައިރާންކަން ގެނެސްދޭ އެކްޓަރެކެވެ.

ކުރިއަށް ކުޅެން ހުރި ގިނަ ފިލްމުތަކުގައި ވެސް އެކި ކަހަލަ ރޯލްތަކުން ފެނިގެންދާނެ ކަމީ ކުށްހީއަކަށް ނުވާނެ ކަމެކެވެ. އެގޮތުން ފިލްމު "ބެލް ބޮޓަމް" މިމަހުގެ 19 އަށް ސިނަމާގައި ރިލީޒުކުރުމަށް ތައްޔާރުވަމުން އަންނަ އަކްޝޭ ވަނީ ވަރަށް ފަހުން މީޑިއާތަކާ ވާހަކަ ދައްކައިފަ އެވެ.

އަކްޝޭ ވަނީ ބެލް ބޮޓަމްގެ ޑައިރެކްޓަރު ރަންޖިތް ޓިވާރީ އާއެކު އޭނާގެ ކުރިއަށް އޮތް ފިލްމުގެ ޓައިޓަލް އިއުލާންކޮށްފަ އެވެ.

ޓައިޓަލް ހާމަކުރަމުން އަކްޝޭ ބުނެފައި ވަނީ "އަބަދުވެސް ސައިކޯ ތުރިލާއެއް ކުޅެން ބޭނުން. މިހާރު މި އޮތީ އެ ފުރުސަތު ލިބިފައި. ޝޫޓްކުރުމަށް ރެޑީވެފައި މި އޮތީ. ފިލްމުގެ ޓައިޓަލްއަކީ ސިންދުރެއްލާ. ލަންޑަން ހުޅުވުނީމާ ޝޫޓިންއަށް ދާންވީ." އެވެ.

އަކްޝޭގެ ރޯލްއާ ބެހޭ ގޮތުން އިތުރަށް ސުވާލުކުރުމުން އެކްޓަރު ބުނެފައި ވަނީ ފިލްމުގައި އޭނާ އޭނާ ހަމަގައިމު ވެސް ސިންދުރެއްލާގެ ބައިން ނުފެއްނާނެ ކަމަށެވެ. ސިންދުރެއްލާ މި ފިލްމަކީ 2018 ވަނަ އަހަރު ނުކުތް ޓަމިލް ހިޓް ފިލްމު ރަޓްސަސަންގެ ރިމޭކްއެކެވެ.