މާމުޔަކީ އިހު ދިވެހިންގެ ކެއުމުގައި ބޮޑު ދައުރެއް އަދާކުރި ބާވަތެކެވެ. މިއަދުވެސް އެކަން އޮތީ އެގޮތުގަ އެވެ. ކެއުމުގެ އިތުރުން ވެސް ދިވެހި ބޭސްފަރުވާ ފަދަ އެކި ކަންކަމުގައި މާމުއި ބޭނުން ކުރެވޭ ގިނަ ސަބަބުތަކެއް ހުރެ އެވެ.
ފާރުތައް ފަސޭހަ ކޮށްދޭ
އާޔުރްވެދިކް ބޭސްފަރުވާގައި މާމުއި ބޭނުންކުރެވޭ މައިގަނޑު އެއް ސަބަބަކީ މާމުއިން ފާރުތަކުގައި އުފެދޭ ޖަރާސީމު މަރާލަދީ ޓިޝޫތައް އަލުން އުފެދުމަށް ބާރުއަޅާ މާއްދާތަކެއް އޭގައި ހުރުމެވެ.
ހަޖަމު ކުރުމުގެ ބަލިތަކަށް ހައްލެއް
ބަނޑު ދިޔާވުމާއި ބަނޑު ހިކުން ފަދަ ހަޖަމުކުރުމުގެ ނިޒާމުގެ ބަލިތަކަށް މާމުޔަކީ ވަރަށް ފައިދާހުރި އެއްޗެކެވެ. މީގެ ސަބަބެއް ކަމަށް ބެލެވެނީ ގޮހޮރުގައިވާ ހަޖަމުކުރުމަށް އެހީވެދޭ ބެކްޓީރިއާތައް އިތުރުވުމެވެ.
ގިނަ އަދަދަކަށް އެންޓި އޮކްސިޑަންޓްސް އެކުލެވޭ
އެންޓި އޮކްސިޑަންޓްސްއަކީ ހަށިގަނޑުގައިވާ ވިހަ މާއްދާތައް ބޭރުކޮށް ހަށިގަނޑު ސާފުކޮށްދޭ އެއްޗެކެވެ. މާމުޔަކީ މިފަދަ އެންޓި އޮކްސިޑަންޓްސް މުއްސަނދި ބާވަތެއްކަމުން ހަށިގަނޑުގައިވާ ވިހަ މާއްދާތައް ބޭރުކޮށްދީ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދެ އެވެ.