ދީޕިކާ ޕަދުކޯން އާއި ރިތިކް ރޯޝަންއެކުގައި ފެނިގެންދާނެ ފިލްމް "ފައިޓާ" 2023 ވަނަ އަހަރުގެ އިންޑިއާގެ ގައުމީ ދުވަހު ރިލީޒްކުރަން ނިންމައިފި އެވެ.

މި ފިލްމަކީ ފުރަތަމަ ފަހަރަށް ރިތިކް އާއި ދީޕިކާ އެކުގައި މަސައްކަތްކުރާ ފިލްމެވެ. މި ފިލްމަކީ ސިދާތް އާނަންދް ޑައިރެކްޓްކޮށް، ނެރޭ އެކްޝަން ފިލްމެކެވެ.

https://www.youtube.com/watch?v=Wa-4nQLZ73g

މި ފިލްމުގެ އެނައުންސްމަންޓާއެކު ރިތިކް އާއި ދީޕިކާގެ އެތައް ސަޕޯޓަރުންނެއް އަންނަނީ ސޯޝަލް މީޑިއާގައި މިކަމާ ގުޅިގެން އުފާ ފާޅުކުރަމުންނެވެ. މި ދެތަރިން ވެސް މިހާރު އަންނަނީ މި ފިލްމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންނެވެ.

https://www.instagram.com/p/CRGwYB-n6Ou/?utm_source=ig_embed&ig_rid=c3748b71-f10b-492b-9e8d-ba923b37e3f2

"ފައިޓާ" ވެގެންދާނީ އިންޑިޔާގެ ފުރަތަމަ އޭރިއަލް އެކްޝަން ފްރަންޗައިސް ފިލްމަށެވެ.

ފިލްމާ ގުޅޭގޮތުން މީގެ ކުރިން އިންޑިޔާގެ މީޑިއާއަކާ ވާހަކަ ދައްކަމުން ފިލްމުގެ ޑައިރެކްޓަރު ސިދާތް ބުނީ މި ފިލްމަކީ އޭނާގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ. އަދި މިއީ އިންޑިއާގެ އެކްޝަން ފިލްމްތަކަށް ލޯބިކުރާ އޯޑިއެންސްއަށް ކުރަން ބޭނުންވެފައިވާ ކަމެއްގެ ގޮތުގައި ސިދާތް ވަނީ ބުނެފަ އެވެ.