ކޮވިޑް ކޭސްތައް ފެންނަލެއް އިތުރުވުމާ ގުޅިގެން ފުވައްމުލައް މޮނިޓަރިންއަށް ލައިފި އެވެ

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ އެ ރަށް އަލުން މޮނިޓަރިންއަށް ލާފައި ވަނީ އިތުރު ކޮވިޑް ކޭސްތަކެއް ފެނުމާ ގުޅިގެން ކަމަށެވެ. އެހެން ނަމަވެސް މިކަމާއި ގުޅުހުރި އިތުރު މައުލޫމާތެއް ސިޓީ ކައުންސިލުން ހާމަކޮށްފަ އެއް ނުވެ އެވެ.

މީގެ ކުރިން ވެސް ފުވައްމުލައް ވަނީ ގިނަ ދުވަސްތަކަކަށް މޮނިޓަރިންއަށް ލައިފަ އެވެ. އެގޮތުން މޭ ހަ ވަނަ ދުވަހުން ފެށިގެން މި މަހުގެ ފަސްވަނަ ދުވަހާ ހަމައަށް އެ ސިޓީ އޮތީ މޮނިޓަރިންގަ އެވެ.

ފުވައްމުލަކުގެ އިތުރުން 19 ރަށެއް އެޗްޕީއޭއިން ވަނީ ބަންދު ކޮށްފަ އެވެ.

ފުވައްމަލުކު ކައުންސިލުން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން މިވަގުތު އެރަށުގައި ކޮވިޑް ޖެހިފައި ތިބި 163 މީހަކު އެބަ ތިއްބެ އެވެ. އޭގެ ތެރެއިން ދެ މީހަކު ފިޔަވާ ދެން ތިބީ ހުސް ދިވެހިންނެވެ. މި ބަލީގައި ފުވައްމުލަކުން އެކަކު މަރުވެފައިވެ އެވެ.