އަންނަ ހުކުރު ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމް "ޗެހެރޭ" އަކީ ގިނަ ބަޔަކު މިހާރު އެންމެ އިންތިޒާރު ކުރަމުންދާ އެއް ފިލްމެވެ.

ހިންދީ ސިނަމާގެ މަޝްހޫރު ތަރި އަމީތާބް ބައްޗަން ފެނިގެންދާ "ޗެހެރޭ"ގެ ޕްރޮމޯޝަންގެ މަސައްކަތް ވަރަށް ފޯރީގައި އަންނަނީ ކުރަމުންނެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މިފިލްމު އަމީތާބު ކުޅެދީފައި ވަނީ އެއްވެސް އަގަކާއި ނުލަ އެވެ. އެއީ މިފިލްމުގެ ސްކްރިޕްޓް އަމީތާބަށް އާދަޔާ ހިލާފަށް ކަމުދިޔުމުގެ ސަބަބުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

https://www.instagram.com/p/CStPNN-id4r/

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ފިލްމުގެ ޕްރޮޑިއުސަރު އާނަންދު ޕަންޑިތް ބުނިގޮތުގައި މި ފިލްމަށްޓަކައި އަމީތާބް ވަނީ އޭނާގެ އަމިއްލަ ޖީބުން ވެސް ހަރަދު ކޮށްފަ އެވެ. އެގޮތުން، އިންޑިޔާއިން ބޭރުގައި ނަގާފައިވާ ފިލްމުގެ މަންޒަރުތައް ޝޫޓްކުރަން އަމީތާބް ވަނީ އޭނާ އަމިއްލައަށް ޗާޓަރު ފްލައިޓް ބޭނުންކޮށްފަ އެވެ.

https://www.youtube.com/watch?v=-nKW5QfbcMY

އަމީތާބް ބައްޗަންގެ އިތުރުން އިމްރާން ހާޝްމީ، ކްރިސްޓަލް ޑިސޯޒާ، ރެހާ ޗަކްރަބަތީ، ސިއްދާންތް ކަޕޫރު، އަންނޫ ކަޕޫރު، ދްރިތިމާން ޗަޓެރްޖީ އާއި ރަގުބިރް ޔާދަވް މި ފިލްމުގެ އެކި ރޯލުތަކުން ފެނިގެންދާނެ އެވެ.