ބޮލީވުޑްގައި ފިޔަ ޖަހަމުން އަންނަ ތަރިންގެ ތެރޭގައި ހިމެނޭ އެއް ނަމަކަށް ސާރާ އަލީ ޚާންގެ ނަން ވާނެ އެވެ. މި ޒުވާން އެކްޓްރެސްގެ ކުރިޔަށް ބައިވަރު ފިލްމު ރިލީޒްވާން އެބަހުއްޓެވެ. މީގެ ތެރޭގައި އަކްޝޭ އަދި ދަނުޝްއާއެކު ފެނިގެންދާނެ "އަތްރަންގީ ރޭ" އާއި ވިކީ ކޯޝަލް އާއެކު ކުޅުމަށް ހަމަޖެހިފައިވާ ފިލްމް "ދަ އިމްމޯޓަލް އަޝްވަތައްމާ" ހިމެނެ އެވެ.

މި ފިލްމުތަކަށް ފަހު ސާރާ މިހާރު މިވަނީ އަނެއްކާވެސް އެހެން ފިލްމެއްގެ މަސައްކަތްކުރުމަށް ނިންމާފަ އެވެ. އެއީ އޭނާ ވިކްރަންތް މާސޭ އާއެކު ފެނިގެންދާނެ ފިލްމެއްކަން ފާހަގަކޮށްލެވެ އެވެ.

ވިކްރަންތް މާސޭއަކީ އޯޓީޓީ ޕޮލިސްތަކުގައި ވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ފަންނާނެކެވެ. ވިކްރަންތްގެ ކާމިޔާބު ބައެއް މަސައްކަތްތަކަށް ބަލާލާއިރު "ޗަޕާކް" އަދި "ހަސީން ދިލް ރުބާ" ފާހަގަކޮށްލެވެ އެވެ.

ވިކްރަންތް އާއި ސާރާއެކު މަސައްކަތް ކުރަން ހަމަޖެހިފައިވަނީ ޑައިރެކްޓަރު ޕަވަން ކްރިޕްލާނީގެ ކުރިޔަށް އޮތް ފިލްމުގަ އެވެ. މިވަގުތު ޑައިރެކްޓަރ ޕަވަން ދަނީ އޭނާގެ އެންމެ ފަހުގެ ފިލްމު "ބޫތް ޕޮލިސް"ގެ ޕްރޮމޯޝަން އިވެންޓްތަކުގައި ހަރަކާތްތެރިވަމުންކަން ފާހަގަކޮށްލެވެ އެވެ.