ލަންޑަން (27 އާރަސްޓް) - ފައިޒާ ވެކްސިން ނުވަތަ އެސްޓްރަޒެނެކާ ވެކްސިން ޖެހި މީހުންނަށް ވުރެ ކޮވިޑް -19 ޖެހޭ މީހުންގެ ހަށިގަނޑުގައި ލޭގަނޑުވުމުގެ ފުރުސަތު ބޮޑު ކަމަށް އިނގިރޭސި ވިލާތުގައި ހެދި ދިރާސާއަކުން ދައްކައިފި އެވެ.

މި ދިރާސާގެ ނަތީޖާތައް ދައްކާ ގޮތުގައި އެސްޓްރަޒެނެކާ ނުވަތަ ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ މެދުގައި ލޭގަނޑުވުުމުގެ ރޭޓު އުޅެނީ ކޮންމެ 10 މިލިއަނަކުން 66 ގައި ނަމަވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ މެދުގައި މި ރޭޓު އުޅެނީ ކޮންމެ 10 މިލިއަނަކުން 1،264 ގަ އެވެ.

ކޮވިޑް -19އަށް ޕޮޒިޓިވްވެ، ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައި ނުވާ މީހުންގެ ހަށިގަނޑުގައި ދައުރުވާ ޕެލެޓެލެޓްގެ މިންވަރު ނުވަގުނަ ދަށް ކަމަށް މި ދިރާސާއިން ހޯދިފައިވާއިރު، ޕެލެޓެލެޓް ދަށްވުމަކީ ލޭގެ ދިޔާކަން ގެއްލި ލޭގަނޑުވުމަށް މެދުވެރިވާ ކަމެކެވެ.

މީގެ ކުރިން ހެދިފައިވާ ދިރާސާތަކުގައި ފައިޒާ ވެކްސިން އާއި އެސްޓްރަޒެނެކާ ވެކްސިންގެ އެއް ޑޯޒު ފުރިހަމަ ކުރާ މީހުންގެ ހަށިގަނޑުގައި ލޭގަނޑުވުން ފާހަގަ ކުރެވިފައިވާ ކަމަށް ލިޔެފައިވެ އެވެ.

ނަމަވެސް މިއީ ވެކްސިންގެ ސަބަބުން ކުރިމަތިވާ ހާލަތެއް ކަމެއް ކަން ކަނޑައެޅިގެން އެ ދިރާސާތަކުގައި ބުނެފައި ނުވާއިރު، ބައެއް ގައުމުތަކުން ވަނީ މި ވެކްސިން ޖެހި ބައެއް މީހުންގެ ހަށިގަނޑުގައި ލޭގަނޑުވުމުގެ ކޭސްތައް ރިޕޯޓު ކޮށްފަ އެވެ.

އަލަށް ހެދި ދިރާސާއެކު ފައިޒާ އާއި އެސްޓްރާޒެނެކާ ވެކްސިން ޖެހުން ހުއްޓާލުމަށް ނިންމާފައިވާ ގައުމުތަކުގެ ނިންމުން ބަދަލުކުރަން ދެވަނަ ވިސްނުމަކަށް ދާން ވަނީ ޖެހިފަ އެވެ. -- އަލް އަރަބިއްޔާ