ހޮޓްޑޯގަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ ކެއުމެކެވެ. ދަރިން އިންޓަވަލަށް ގެންދަން ވެސް ގިނަ ފަހަރަށް ދެވޭ ކެއުމެކެވެ. ނަމަވެސް މި މީރު ކެއުމަކީ ތިބާގެ އުމުރު ކުރު ކޮށްދޭ އެއްޗެއްކަން އެނގިއްޖެ ނަމަ ހަމަ އެ ފޯރިއާއެކު ކާނަން ހެއްޔެވެ؟

އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް މިޝިގަންއިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ކޮންމެ ހޮޓުޑޯގަކުން ހަޔާތުން 36 މިނެޓު އުނިކޮށްދެ އެވެ.

މި ދިރާސާއަކީ އެކި ކަހަލަ ކާނާތަކުގެ ސަބަބުން އިންސާނާގެ އުމުރަށް އަންނަ ބަދަލުތައް ހޯދުމަށް ކުރެވިފައިވާ ދިރާސާއެކެވެ. މި ދިރާސާގައި ޓެސްޓްކުރި ބީފް ހޮޓްޑޯގުން އުމުރުން 27 މިނެޓް މަދުވާއިރު، ހޮޓްޑޯގާއެކު ބޭނުންކުރާ މަސްޓާޑް ސޯސް ފަދަ ތަކެތި އިތުރު ކުރުމުން މި އަދަދު އިތުރުވެ އެވެ.

މި ދިރާސާގެ މަގުސަދަކީ އިންސާނާގެ އުމުރު ހޯދުން ނޫން ކަމަށާއި ނަމަވެސް ސިއްހަތު ރަނގަޅު އުމުރެއް ހޯދުމަށް ޚިޔާރު ކުރަންވީ ކާނާތައް އަންގައިދިނުން ކަމަށް ދިރާސާ ކުރި ފަރާތްތަކުން ބުނެ އެވެ.

އެހެން ކަމުން ކާ ކެއުން ތަކުގައި ސިއްހަތަށް ފަރުވާތެރި ވުމަށް މި ދިރާސާގައި ލަފާ ދީފައިވެ އެވެ. ކާ ކެއުމަކީ އިންސާނާގެ އުމުރަށް އަސަރު ކުރާނެ ކަމަކަށް ވާތީ އެވެ.