މިހާރު ބޮލީވުޑްގައި ފިޔަ ޖަހަމުން އަންނަ ފަންނާނު ކްރީތީ ސަނޯން މިވަނީ އޭނާގެ މޮޑެލިން ކެރިއަރުގައި ދިމާވި ދަތިތަކުގެ ވާހަކަ އާންމުންނަށް ހިއްސާކޮށްފަ އެވެ.

އެގޮތުން އިންޑިޔާގެ ނޫހެއް ކަމަށްވާ ހިންދުސްތާނީ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނިގޮތުގައި ކޮރިއޮގްރާފަރަކާ ހެދި ކްރީތީއަށް ގިނަ އަދަދެއްގެ ބައެއްގެ ތެރޭގައި ލަދުގަންނަން ޖެހުނެވެ.

ކްރީތީ ބުނިގޮތުގައި އެއީ އޭނާގެ ފުރަތަމަ ރޭމްޕް ޝޯ އެވެ.

އެ ޝޯގެ ވަކި ހިސާބަކުން ކޮންމެވެސް ތަންކޮޅެއް ގައި އޭނާއަށް ގޯސްކޮށް ހެދުމުން ކޮރިއޮގްރާފަރަކަށް ހުރި މީހާ ވަރަށް ރުޅި އައި ކަމަށާ އިތުރު 20 މޮޑެލުން ކުރިމަތީ ލަދުގަންނަވާލި ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ކޮންމެ މީހަކު ވެސް ބާރަށް އޭނާ އާ ދިމާލަށް އެއްޗެއް ބުނެފިނަމަ އޭނާއަކީ ވަރަށް ފަސޭހައިން ރޮވޭ މީހެއް ކަމަށް ވެސް ކްރީތީ ވަނީ ބުނެފަ އެވެ.

https://www.instagram.com/p/CS83IuZAHpn/

އެ ދުވަހުގެ ވާހަކަތައް އިތުރަށް ހިއްސާކުރަމުން ކްރީތީ ބުނެފައިވާ ގޮތުގައި ކޮރިއޮގްރާފް އެގޮތަށް ކަންތައްކުރުމުގެ ސަބަބުން އެ ދުވަހު ގެޔަށް ދިޔުމަށް އެރި އޮޓޯގައި އިނދެގެން ވެސް އޭނާ އަށް ދިޔައީ ރޮވެމުން ކަމަށާއި ގެޔަށް ގޮސް މަންމަ ކައިރީ ވަރަށް އިނދެ ވަރަށް ގިނައިން ރޮވުނު ކަމަށެވެ. އަދި މިކަމަށް ކްރީތީގެ މަންމަ ދިން ނަސޭހަތަކީ ތިމާގެ އަމިއްލަ ނަފްސަށްކުރާ އިތުބާރު ގެއްލުވާ ނުލައި މިހާރަށް ވުރެ ބޮޑަށް އެ އިތުބާރު ދެމެހެއްޓުމަށް މަސައްކަތްކުރުން ކަމަށް ކްރީތީ ބުނެފައިވެ އެވެ.

https://www.instagram.com/p/CQSijolg657/

ގައިމު ވެސް އެއީ މިހާރު ކުރީގެ ކްރީތީ އެކޭ ނުބުނެވޭނެ އެވެ. އެއީ ކްރީތީ ވަނީ އޭނާގެ ހިތްވަރާއި ހުނަރުވެރި ކަމާއި ކެރުންތެރިކަމުގެ ސަބަބުން ބޮލީވުޑްގެ ކާމިޔާބު އެތައް ފިލްމުތަކެއްގެ މަސައްކަތްތައް ކޮށްފަ އެވެ.

ކްރީތީގެ ކާމިޔާބު ބައެއް މަސައްކަތްތަކަށް ބަލާލާއިރު ލުކާ ޗުއްޕީ، ޕާނީ ޕަތް އަދި އަރްޖުން ޕަޓިއާލާ ހިމެނެ އެވެ.

ކްރީތީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ފިލްމް "މިމީ" އިންނެވެ. އޭނާގެ ކުރިޔަށް ހުރި މަސައްކަތްތަކަށް ބަލާއިރު ހަމް ދޯ ހަމާރޭ ދޯ ، ބައްޗަން ޕާންޑޭ، ބޭދިޔާ އަދި އާދިޕުރުޝް ހިމެނެ އެވެ.