އިންޑިއާގެ އެންމެ މަޝްހޫރު ފިލްމު ޑައިރެކްޓަރުންގެ ތެރޭގައި ސަންޖޭ ލީލާ ބާންސާލީއަކީ އިތުރު ތައާރަފެއް ބޭނުންނުވާ ފަދަ ކުޅަދާނަ މީހެކެވެ.

ސަންޖޭ ލީލާ ބަންސާލީ އޭނާގެ ހުވަފެނީ ޕްރޮޖެކްޓްގެ ގޮތުގައި ސިފަކޮށް އުފައްދަން އުޅޭ ވެބް ސީރީޒް "ހީރާ މަންޑީ" އަކީ ބޮޑު ކާސްޓެއް އެކުލެވޭ ސީރީޒެކެވެ.

އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ނޫހެއް ކަމަށްވާ ބޮލީވުޑް ހަންގާމާއިގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުގައި ހިންދީ ފިލްމް އެކްޓްރެސް ޖޫހީ ޗައުލާ ވެސް "ހީރާ މަންޑީ"ގެ ކާސްޓާ ގުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

"ހީރާ މަންޑީ"ގައި ފެނިގެންދާނެ ބައެއް ތަރިންގެ ތެރޭގައި ސޮނާކްޝީ ސިންހާ އާއި ނިމްރަތް ކޯރް ހިމެނެ އެވެ.

ކޮވިޑް -19ގެ ނުރައްކާތެރިކަމުގެ ސަބަބުން ލޮކްޑައުންކުރުމާ ގުޅިގެން ސިނަމާ ހޯލްތައް ވެސް ބަންދުކުރަން މަޖްބޫރުވި އެވެ. މިހެންވެ ގިނަ ފިލްމުތަކެއް ރިލީޒްކުރުމަށް މަޖްބޫރުވީ އޯޓީޓީ ޕްލެޓްފޯމްތަކުގަ އެވެ.

ވެބް ސީރީޒްތަކަކީ މިހާރު ބެލުންތެރިންގެ މެދުގައި މަގްބޫލް އެއްޗަކަށްވާއިރު ސަންޖޭ ލީލާ ބާންސާލީގެ މި ވެބް ސީރީޒް "ހީރާ މަންޑީ"އަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދާނެކަން ޔަގީނެވެ.