މޭވާއަކީ އާއްމު ގޮތެއްގައި ސިއްހަތަށް ވަރަށް ފައިދާހުރި އެއްޗެކެވެ. ކެއުމުގައި އެބާވަތްތައް ހިމެނުމަށް ޑޮކްޓަރުން އިރުޝާދު ދޭ ބާވަތްތަކެކެވެ. ނަމަވެސް މާބަނޑު ދުވަސްވަރަކީ ހާއްސަ ހާލަތަކަށް ވާއިރު މި ހާލަތުގައި ބައެއް މޭވާތަކަކީ މައިމީހާއާއި ދަރިފުޅުގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރުވާ މޭވާތަކެކެވެ.
ފަޅޯ
ވިޓަމިންސްއާއި ދަގަނޑުގެ ބައި ގިނަ އަދަދަކަށް އެކުލެވޭ ފަޅޮލަކީ މާބަނޑު ދުވަސްވަރު ކެއުމުން ދުރުވާން ޖެހޭ މޭވާއެކެވެ. ހާއްސަކޮށް ދޮން ފަޅުލުގައި ހިމަނޭ ލޭޓެކްސް މާއްދާގެ ސަބަބުން ދުވަސްނުފުރާ ވިހެއުމާއި ދަރިފުޅުގެ ހަށިގަނޑުގައި އުނި ކަންތައްތައް ހުރުމަށް މަގުފަހިވެ އެވެ.
އަލަނާސި
އަލަނާސީގައި ހިމެނޭ ބައެއް އެންޒައިމްސްތަކަކީ އަންހެނާގެ ރަހިމުގެ ފާރަށް ބަދަލުތައް ގެނެސް ދުވަސް ނުފުރާ ވިހެއުމަށް މަގުފަހިވާ އެންޒައިމްތަކެކެވެ. އެއާއެކު މާބަނޑު ދުވަސްވަރު އަލަނާސި ކެއުމުން ހަޖަމު ކުރުމުގެ އުނދަގޫތައް ވެސް ކުރިމަތިވުން އެކަށީގެންވެ އެވެ.
މޭބިސް ކަދުރު
ތިންވަނަ ޓްރިމިސްޓާ ގައި މޭބިސް ކަދުރު ކެއުމަކީ ހަށިގަނޑުގެ ހޫނުމިން އިތުރުވެ މައިމީހާއަށާއި ދަރިފުޅުގެ ފުރާނައަށް ގެއްލުން ވެދާނެ ކަމެކެވެ. އެހެން ކަމުން މޭބިސްކަދުރަކީ މާބަނޑު ދުވަސްވަރު ކެއުން ހުއްޓާލަން ޖެހޭ މޭވާ އެކެވެ.
ބަކެޓް ލިސްޓަށް އާ މަންޒިލެއް: ޖާދޫއެއް ފަދަ ޕެންގޮންގް ސޯ!
ޕާޓޭއަށް ކެނަޑާގެ ވިސާއެއް ނުލިބުނު، ފުރަތަމަ މެޗުގައި ނުކުޅެވޭނެ
މާފަރުގެ 10 ގެއަކަށް ފެންވަދެ ގެއްލުންތަކެއް