ކޮލެސްޓްރޯލް މަތިވުމަކީ ހިތުގެ ބަލިތައް ޖެހުމަށް މެދުވެރިވާ މައިގަނޑު ސަބަބު ކަމަށް ދިރާސާތަކުން ދައްކަ އެވެ. ހަށިގަނޑުގައި ހުންނަ ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރުމަށް ގޭގައި ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވިދާނެ ބުއިންތަކަކަށް ބަލާލާނަމެވެ.

ގްރީން ޓީ

ގްރީން ޓީއަކީ އެންޓި އޮކްސިޑަންޓްސް ގިނަ އަދަދަކަށް ހިމެނޭ ބުއިމެކެވެ. ހަށިގަނޑަށް ގެއްލުންދޭ ކޮލެސްޓްރޯލް ދަށްކޮށްދިނުމަށް އެންޓި އޮކްސިޑަންޓްސްގެ މާއްދާތަކަކީ މުހިއްމު މާއްދާ ތަކެކެވެ.

ޓޮމޯޓޯ ޖޫސް

ޓޮމާޓޯއަކީ ކޮލެސްޓްރޯލް ދަށްކޮށްދޭ މާއްދާއެއް ކަމަށްވާ ނިއަކިންގެ އިތުރުން ފައިބާ ގިނަ އަދަދަކަށް އެކުލެވޭ އެއްޗެކެވެ. ދިރާސާއަކުން ދައްކާ ގޮތުގައި ދެމަސް ވަންދެން ކޮންމެ ދުވަހަކު 280 މިލިލީޓަރުގެ ޓޮމޯޓޯ ޖޫސް ބުއިމުން ކޮލެސްޓްރޯލް ވަރަށް ބޮޑަށް ދަށްވެ އެވެ.

އޯޓްސް ކިރު

އޯޓްސް ކިރަކީ ބޭޓީ ގްލޫކަންސް ނަމަކަށް ކިޔާ މާއްދާއެއް ވަރަށް ގިނައިން އެކުލެވޭ ބުއިމެކެވެ. މިއީ ހަށިގަނޑުގައި އުފެދޭ ކޮލަސްޓްރޯލް ދަށް ކުރުމަށް އެހީވެދޭ މާއްދާ އެކެވެ.