ކޮވިޑް -19ގެ މި ދުވަސްވަރު އެންމެ ގިނައިން ބޭނުންކުރާ އެއްޗަކީ ފޮތި މާސްކެވެ.
ސާޖިކަލް މާސްކް ނުވަތަ ޑިސްޕޮސަބަލް މާސްކުގެ ބަދަލުގައި ބޭނުންކުރާ މި މާސްކު ބޭނުންކުރާ މީހުންގެ މެދުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މާސްކުތައް ދޮވުމުން އެއިން ލިބޭ ރައްކާތެރިކަން ކުޑަވާ ކަމަށް ދެކެވޭ ވާހަކަތަކެވެ.
މިކަމާ ބެހޭ ގޮތުން އެމެރިކާގައި ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ފޮތިން ހަދާފައިވާ ފޭސް މާސްކުތައް ދޮވެ ހިއްކި ނަމަވެސް އެއިން ލިބޭ ރައްކާތެރި ކަމަކަށް ބަދަލެއް ނާދެ އެވެ.
އެގޮތުން ދެ ފަށަލައަށް ވުރެ ގިނަ ފަށަލަތައް އެކުލެވާލައިގެން ފަހާފައިވާ ފޮތި މާސްކުތައް ދޮވެ ހިއްކައިގެން ހަތަރު މަސް ދުވަހުގެ މުއްދަތަކަށް ބޭނުން ކުރެވޭނެ ކަމަށް މި ދިރާސާގައި ބުނެފައިވާއިރު، އެ މުއްދަތުގައި މާސްކުތަކުން ލިބޭ ރައްކާތެރި ކަމަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.
މި ދިރާސާކުރި ރިސާޗަރުން ބުނާ ގޮތުގައި މިނަތީޖާއަކީ ދެމެހެއްޓެނިވި ގޮތެއްގައި ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރުމަށް ލިބުނު ބާރެކެވެ.
މި ޕެންޑަމިކް ފެށުނީއްސުރެ 7،200 ޓަނުގެ މެޑިކަލް ވޭސްޓް މުޅި ދުނިޔެއިން ނައްތާލެވިފައި ވާއިރު އެއްފަހަރު ބޭނުން ކުރުމަށްފަހު އެއްލާލެވޭ މާސްކުތަކަކީ މީގެ ތެރެއިން ބޮޑު ހިއްސާއެކެވެ.
ކަން މިހެން އޮތް ނަމަވެސް ފޮތި މާސްކަކީ ސާޖިކަލް މާސްކުތަކަށް ވުރެ ކޮވިޑް -19 އިން ލިބޭ ރައްކާތެރިކަން ކުޑަ މާސްކުތަކެއް ކަމަށް ސައިންސްވެރިން ބުނެ އެވެ.
ބޮލީވުޑް: 90ގެ އަހަރުތަކުގައި އެންމެ އަގުބޮޑު ތަރިން!
އީރާނުގެ ނިއުކްލިއާ 2 ސައިންޓިސްޓުން އަވަހާރަކޮށްލައިފި
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ބޭނުންވާވަރަށް ފައިސާ އެބަހުރި