މިއީ ޓެކްނޮލޮޖީއަށް ވަރަށް ބޮޑަށް ބަރޯސާވެގެން އުޅެން ޖެހިފައިވާ ހާލަތެކެވެ. ދިރިއުޅުމަށް އައި މި ބޮޑު ބަދަލުގެ ސަބަބުން ހަށިގަނޑަށާއި ސިއްހަތަށް ގެއްލުން ލިބެމުންދާކަން ޑޮކްޓަރުންނާއި ސައިންސްވެރިން އަންނަނީ ފާހަގަކުރަމުންނެވެ.

އެގޮތުން ވޯކް ފްރޮމް ހޯމްއާއެކު ލެޕްޓޮޕް ސްކްރީންއަށާއި ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އިންނަންޖެހޭ ވަގުތު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ކުރިން ހީކުރެވިފައިވާ ގޮތުގައި ލެޕްޓޮޕް ސްކްރީންގެ ސަބަބުން ގެއްލުން ލިބެނީ ހަމައެކަނި ލޮލުގެ ފެނުމަށެވެ.

ނަމަވެސް މި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި މިކަމަކީ އެއަށްވުރެ މާ ގެއްލުން ބޮޑު ހަށިގަނޑަށް އެކި ގޮތްގޮތުން ނޭދެވޭ އަސަރު ކުރުވާކަމެކެވެ.

އެގޮތުން ބަލާލާއިރު އެންމެ ފުރަތަމަ ކަމަކަށް ގިނައިރު، ވަންދެން ލެޕްޓޮޕްގައި މަސައްކަތް ކުރާނަމަ ކަރުގެ މަސްތަކާއި ނާރުތަކަށް ވާންވެ ނާރުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ.

ހަމައެއާއެކު ލެޕްޓޮޕް އަދި މޮބައިލް ސްކްރީނުން އުފައްދާ ބްލޫ ލައިޓްސްގެ ސަބަބުން ހަމަށް ބަދަލު އައުމަށް މެދުވެރިވެ އެވެ. އެގޮތުން ހަމަށް ރޫއަރައި، ކުރަކިވުމަކީ މާގިނައިން ލެފްޓޮޕް ބޭނުންކުރާ ނަމަ ކުރިމަތި ވެދާނެ ކަންކަމެވެ.

މިހުރިހާ ކަމެއް މިގޮތަށް ހުރިއިރު، ވީ ވަރަކުން ލެޕްޓޮޕް އަދި ފޯނު ފަދަ ވަސީލަތްތަކާ ދުރުވެ އުޅުމަކީ ދުޅަހެޔޮ ސިއްހަތަކަށް ވަރަށް ވެސް މުހިއްމު ކަމެކެވެ.