500 އަށް ވުރެ ވެސް ގިނަ އަހަރު ފަހުން ރަޝިއާގައި އަލިފާން ފަރުބަދައެއް ގޮވައިފި އެވެ.
މިއީ ދާދި ފަހުން އެގައުމަށް އައި 8.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމަކާ ގުޅިގެން ހިނގާދިޔަ ހާދިސާއެއް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ރަޝިއާގެ ކަމްޗަޓްކާ ގައި ހުންނަ ކްރަޝެނިންނިކޮވް އަލިފާން ފަރުބަދަ ގޮވާ، 6 ކިލޯމީޓަރު މައްޗަށް އޭގެ އަޅިތައް ވަނީ ބުރާފަ އެވެ. ރަޝިއާގެ އެމަޖެންސީ މިނިސްޓްރީން ހާމަކުރި ގޮތުގައި މިހާދިސާގެ ސަބަބުން މީހުން ދިރިއުޅޭ ސަރަހައްދަށް އެއްވެސް ނުރައްކަލެއް ނެތެވެ.
މި ފަރުބަދަ ގޮވުމާއެކު، ރަޝިއާއަށް ވަނީ އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އަރާ ސުނާމީގެ އިންޒާރުވެސް ނެރެފަ އެވެ. މިގޮތުން 7.0 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުމުގެ ސަބަބުން 7 އިންޗީގެ ރާޅުތަކެއް އަރާފާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.