މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑަށް އައްޔަނުކުރަން ރައީސް މުހައްމަދު މުއިއްޒު ފޮނުއްވި ނަންތައް ދިރާސާކުރަން އިގުތިސާދީ ކޮމިޓީއަށް ފޮނުވައިފި އެވެ.

މީރާގެ ބޯޑުގެ ހަތަރު މެންބަރުންގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ 14 ބޭފުޅުންގެ ނަން ރައީސް މުއިއްޒު ވަނީ ހުށަހަޅުއްވާފަ އެވެ. އެއީ:

  1. މުހައްމަދު އިމްތިނާން ސައުދުﷲ، ފަތިސް / ގދ. ތިނަދޫ
  2. އިސްމާއީލް ހަމްދޫން، ހ. ސިތާރާވާދީ
  3. އާއިޝަތު ޝަޒްރާ، ނިވައިދޮށުގެ / ގދ. ގައްދޫ
  4. އިދުހާމް ހުސައިން، މ. ޖަވާހިރުވާދީ
  5. އުމަރު އަހުމަދު ހުސައިން، މ. ސުހްރާ
  6. މުހައްމަދު އަހުމަދު، ދަފްތަރު ނަންބަރު ރސ. 5204
  7. މުމްތާޒް އަބްދުއްރަޝީދު، މުރިނގު / ހދ. ހަނިމާދޫ
  8. މަރްޔަމް ޖުވައިރިއްޔާ، އުއިގަސްދޮށުގެ / ސ. މީދޫ
  9. އަހުމަދު މައުސޫމް، ވ. މިއަރެސް
  10. އަހުމަދު ނަޒީހު މުހައްމަދު، ތެމާ / ޅ. ހިންނަވަރު
  11. ހުޝާމް ވަހީދު، ގ. މާލެހިޔާ 2 03-15
  12. މަރްޔަމް ޝައްފައު ޝަރީފު، ޒިންދަގީ / ގދ. ތިނަދޫ
  13. އަބްދުﷲ މިފްރާޒް ނިޒާރު، ގ. އޮށްޓަރު
  14. އަހުމަދު އަލީ، ހމ. ފްލެޓް ނަންބަރު 108-ޖީ-01

ރައީސް މުއިއްޒު ފޮނުއްވި ސިޓީގައި ވިދާޅުވީ މިއީ މީރާގެ ބޯޑުގެ މެންބަރު ކަމަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާނުކުރުމުން އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ނަންތައް އިސްކަންދޭ ތަރުތީބުން ކަމަށެވެ.