ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިން ތެރޭގައި ހިމެނޭ ޝާހްރުކް ޚާންގެ ދަރިފުޅު އާރިޔަން ޚާން ހައްޔަރު ކޮށްފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިންޑިއާ ފުލުހުންގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން އާރިޔަން ހައްޔަރުކޮށްފައިވަނީ ކްރޫޒް ޝިޕެއްގައި ޕާޓީ ކުރަނިކޮށެވެ.

Adv by Coca Cola
Coca Cola
Adv by Coca Cola
Coca Cola

އާރިޔަން އާއެކު މިމައްސަލާގައި އަށް މީހަކު ވެސް ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެންސީބީން ވަނީ އެމީހުންނާ މެދު އިތުރު ފިޔަވަޅެއް އަޅާނީ ބަލަންޖެހޭ އިތުރުކަންކަމަށް ބެލުމުގެ ފަހުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އާރިޔަން ހައްޔަރު ކޮށްފައިވަނީ އެންސީބީން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މިއީ މީގެ ދުވަސް ކޮޅެއް ކުރިން އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތުތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

އާރިޔަން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ނާކޮޓިކްސް ޑްރަގްސް އެންޑް ސައިކޯޓްރޮޕިކް ސަބްސްޓެންސް އެކްޓްގެ 27 ވަނަ ސެކްޝަންގެ ދަށުންނެވެ. އާރިޔަން އަށް ކުރެވޭ ތުހުމަތުތައް ސާބިތުވެއްޖެ ނަމަ އޭނާއަށް 10 އަހަރުގެ ހުކުމެއް އައުން އެކަށީގެންވެ އެވެ.