ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަދި ރިއަލިޓީ ޝޯތަކުން ފެނިގެން ގޮސްފައިވާ ނޭހާ ދޫޕިއާ ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.

ނޭހާ އާއި އަންގަދު ބޭދީއަށް ފިރިހެން ކުއްޖެ ލިބިފައިވާއިރު، މީގެ ކުރިން މި ދެމަފިރިންނަށް ވަނީ އަންހެން ކުއްޖަކު ލިބިފަ އެވެ.

ދެވަނަ ދަރިފުޅު ލިބުނުކަން ހިއްސާކޮށްފައިވަނީ އަންގަދު އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގަ އެވެ.

އޭނާ ކުރި ޕޯސްޓުގައި ދެމަފިރިންނަށް ފިރިހެން ކުއްޖަކު ލިބިފައިވާ ކަމަށާއި ނޭހާ އާދި ދަރިފުޅުގެ ހާލުވެސް ރަނގަޅުކަމަށް ވަނީ ބުނެފަ އެވެ. އަންގަދުގެ ޕޯސްޓާއެކު ގިނަ ބަޔަކު ވަނީ މިދެމަފިރިންނަށް މަރުހަބާ ކިޔާފަ އެވެ.

https://www.instagram.com/p/CUjwsuCISIq/?utm_source=ig_embed&ig_rid=e94fb5d3-ce7a-4556-a472-17739203b6ea

ނޭހާ ދެވަނަ ކުއްޖަކަށް ބަލިވެއިން ހަބަރު ހިއްސާކޮށްފައިވަނީ ޖުލައި މަހުގެ ތެރޭގައި ކުރި އިންސްޓަގްރާމް ޕޯސްޓަކާއެކުގަ އެވެ.

މިދެމަފިރިންގެ ފުރަތަމަ ދަރިފުޅު މެހެރު ލިބުނީ 2018 ވަނަ އަހަރު އެވެ. ދެ ވަނަ ދަރިޔަކު ލިބިފައިވާއިރު މިދެ މީހުންގެ ކައިވެންޏަށް މިހާރު ވަނީ ތިން އަހަރުވެފަ އެވެ.