ކުޑަކުދިންނަށް ހާއްސަކޮށްގެން ސޮނީ އެންޓަޓެއިންމެންޓުން ގެނެސްދޭ ޑާންސް ރިއަލިޓީ ޝޯވ "ސުޕަ ޑާންސާ ޗެޕްޓާ 4" ފްލޮރީނާ ގޯގޯ ކާމިޔާބު ކޮށްފި އެވެ.

"ސުޕަ ޑާންސާ ޗެޕްޓާ 4" ފްލޮރީނާ ކާމިޔާބު ކުރީ ސަންޗިތު ޗަނާނާ، ޕްރިތުވިރާޖް ކޮންގާރީ،އީޝާ މިޝްރާ އަދި ނީރްޖާ ތިވާރީ ވާދަކޮށްގެންނެވެ.

މިފަހަރުގެ ޝޯ ކާމިޔާބު ކުރި ފަރާތްތައް ސޮނީ އެންޓަޓެއިންމެންޓުން ވަނީ 15 ލައްކަ ރުޕީސްގެ ފައިސާގެ އިނާމެއް ދީފަ އެވެ. އަދި ފްލޮރީނާގެ ކޮރެއޯގްރާފަރެއް ގޮތުގައި ހަރަކާތެރިވި ތުޝާރް ޝެޓީއަށް ވަނީ ފަސް ލައްކަ ރުޕީސްގެ ފައިސާގެ އިނާމެއް ލިބިފަ އެވެ.

https://www.instagram.com/p/CU0SkvHqBHN/

"ސުޕަ ޑާންސް ޗެޕްޓާ 4" ދެ ވަނަ ޕްރިތުވިރާޖް އަށް ލިބިގެންދިޔައިރު ތިން ވަނަ ލިބިގެން ގޮސްފައިވަނީ ސަންޗިތު އަށެވެ. އަދި ހަތަރު ވަނަ ނީރްޖާ އަށް ލިބިގެންދިޔައިރު ފަސް ވަނަި ލިބުނީ އީޝާ އަށެވެ. ކޮންމެ ފައިނަލިސްޓަށް އެއް ލައްކަ ރުޕީސްގެ ފައިސާގެ އިނާމެއްވެސް ވަނީ ދީފަ އެވެ.

https://www.youtube.com/watch?v=j8JgNOtvVmg

ރޭ ރާއްޖެ ގަޑިން 7:30 ގައި މިޝޯގެ ފައިނަލް އެޕިސޯޓްގައި މި ފަސް ފައިނަލިސްޓުންގެ އިތުރުން މިޝޯގައި ބައިވެރިވި އެހެން ބައިވެރިންގެ ހުށަހެޅުންތައް ފެނިގެންދާނެ އެވެ. އޭގެ އިތުރުން ޝޯވގެ ޖަޖުން ކަމަށްވާ ޝިލްޕާ ޝެޓީއާއި ގީތާ ކަޕޫރްގެ ފަރި ހަރަކާތްތައް ވެސް ފިނާލޭގައި ފެނިގެންދާނެ އެވެ.

https://www.instagram.com/p/CU0TQlst6RQ/

މިއަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހު ދައްކަން ފެށި "ސުޕަ ޑާންސާ ޗެޕްޓާ 4" 13 ބައިވެރިޔަކު ވަނީ ފެނިގެން ގޮސްފަ އެވެ.

ޖަޖުންގެ މާކްސްއާއި ބެލުންތެރިންގެ ވޯޓުން ސުޕަ ޑާންސާ އެއް ހޮވިގެންދާއިރު ރޭގެ ޝޯގައި ހާއްސަ މެހެމާނުންގެ ގޮތުގައި ކޮރެއޯގްރާފަރު ޓެރެންސް ލުވިސްއާއި ނެށުންތެރިޔާ ރާގަވް ޖުޔަލްގެ އިތުރުން ލަވަކިޔުންތެރިޔާ ބާދުޝާހް ވަނީ ބައިވެރިވެފަ އެވެ.

https://www.instagram.com/p/CU0QKucoZgh/

ކުރީގެ 3 ސީޒަނެކޭވެސް އެއްގޮތަށް މި ސީޒަންވެސް ޖަޖުކުރީ ކޮރެއޯގްރާފަރު ގީތާ ކަޕޫރާއި ބަތަލާ ޝިލްޕާ ޝެޓީގެ އިތުރުން ޑައިރެކްޓަރު އަނޫރާގް ބާސޫއެވެ. ހޯސްޓްކުރީ ރިތުވިކް ދަންޖާނީއާއި ޕަރީތޯޝް ތުރިޕާތީ އެވެ.