ވިސާއާ ނުލާ ދިވެހިންނަށް އިންޑިޔާއަށް ދަތުރުކުރެވޭ ގޮތަށް އަނެއްކާވެސް ހަމަޖައްސައިފި. ރާއްޖޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަނުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މި އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އިންޑިއާއަށް ބޭސްފަރުވާގެ ބޭނުމަށާއި، ވިޔަފާރީގެ ބޭނުމަށް އިތުރުން، ފަތުރުވެރިއެއްގެ ގޮތުގައި ދާން ބޭނުންވާ ފަރާތްތަކަށް ވިސާ ނަގަން ނުޖެހޭނެ ކަމަށް.

ވިސާއާ ނުލާ ދިވެހިންނަށް އިންޑިއާއަށް ދަތުރުކުރެވޭ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މި އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އިންޑިއާއަށް ބޭސްފަރުވާގެ ބޭނުމަށާއި، ވިޔަފާރީގެ ބޭނުމަށް އިތުރުން، ފަތުރުވެރިއެއްގެ ގޮތުގައި ދާން ބޭނުންވާ ފަރާތްތަކަށް ވިސާ ނަގަން ނުޖެހޭނެ ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން ވިސާ ދިނުމަށް ގެނައި ބަދަލުތަކަށްފަހު ރާއްޖެވެފައި ވަނީ ވިސާނުލާ އިންޑިއާއަށް ދަތުރު ކުރެވޭނެ ފުރަތަމަ ގައުމަށެވެ. އިންޑިއާގައި ވެސް ކޯވިޑްގެ ހާލަތު ރަނގަޅުވަމުން ދާތީ އިންޑިއާ ސަރުކާރުން ވަނީ އެ ގައުމު ހުޅުވާލުމަށް ވެސް ނިންމާ ފައެވެ.

އިންޑިއާއަށް ބޭސްފަރުވާ ހޯދަން ސަލާންޖަހަން ޖެހޭ ކަމަށް ބުނެ ވަރަށް ގިނަ ރައްޔިތުންދަނީ ޝަކުވާ ކުރަމުންނެވެ. އެގޮތުން ވިސާ ހޯދަން އެތައް ދުވަހަކު ނަމްބަރު ނުޖެހިގެން މަޑުކުރަން ޖެހުމާއި ހާލު ބޮޑު ބަލިމީހުންނަށް ވެސް އަވަހަށް ދެވޭނެ އިންތިޒާމުތަކެއް ނެތުމާއި މިފަދަ އެތައް ކަންކަމަކާ ގުޅޭގޮތުން ރައްޔިތުން ޝަކުވާކުރެ އެވެ.

ރާއްޖެއާއި އިންޑިއާ އާ ދެމެދު މިހާރު ވަރަށް ގުޅުން ބަދަހި ކަމަށް ދެ ގައުމުން ވެސް ބުނަމުންދާއިރު އަދި އިންޑިއާއަކީ ރާއްޖޭގެ އެންމެ ބޮޑު އެކުވެރިޔާ ކަމަށްވާއިރު ވިސާ ނުލިބިގެން ކިއުތަކުގައި އާއްމުން އިންޑިއާ ހައިކޮމިޝަން ދޮރުމަތީ ކިއު ހަދާފައި ތިބޭތިބުމަކީ އާއްމު ކަމެކެވެ.

އިންޑިއާއަށް ދަތުރު ކުރުމަށް ވިސާ ހޯދުމުގައި ކުރިމަތިވެފައިވާ ދަތިތަކާ ގުޅޭގޮތުން ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ ވިދާޅުވެ ފައެވެ.