2019 ވަނަ އަހަރުގެ އޭލެވެލް އިމްތިހާނުން ގަދަ 10 ގައި ހިމެނޭ ދަރިވަރުންނަށް އެވޯޑް ދިނުމަށް ބާއްވާ ޖަލްސާ އަންނަ ހަފްތާގެ އާދިއްތަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ 2019 ވަނަ އަހަރުގެ އޭލެވެލް އިމްތިހާނުގެ ގަދަ ދިހައެއްގެ ރަސްމިއްޔާތު އަމީނިއްޔާ ސްކޫލުގައި އަންނަ އާދިއްތަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
ކޮވިޑާ ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން ގެންދިޔަ އޭލެވެލް ގަދަ 10 އެއްގެ ޖަލްސާ މިދިޔަ ދެ އަހަރު ވަނީ ބޭއްވޭ ގޮތެއްނުވެފަ އެވެ.
2019 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިން ނިންމާފައިވަނީ އޯލެވެލް އާއި އޭލެވެލުން ހަމައެކަނި އެއް ވަނަ ހޯދި ދަރިވަރުންނަށާއި، ވަކިވަކި މާއްދާތަކުން ރާއްޖެއާއި ދުނިޔެއިން އެއް ވަނަ ހޯދި ދަރިވަރުންނަށް އެވޯޑު ދިނުމަށް ހަފްލާ ބޭއްވުމަށެވެ. އަދި ދެ ވަނައިން ފެށިގެން ދިހަ ވަނައިގައި ހިމެނޭ ދަރިވަރުންނަށާއި އެހެން ވަނަތައް ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދޭން ހަމަޖެއްސީ އެވޯޑް ހަފްލާ އަކާނުލަ އެވެ.
ނަމަވެސް ހަމައެކަނި އެއްވަނައިގައި ހިމެނޭ ދަރިވަރުންނަށް އެވޯޑު ދޭން ނިންމި ނިންމުމާ ދެކޮޅަށް ގިނަ ދަރުވަރުންތަކެއް ޕެޓިޝަނެއް ތައްޔާރުކޮށް ހުށައަޅާފައި ވާތީ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެނިންމުން ބަދަލުކޮށް މިފަހަރު ޓޮޕް 10 ގައި ހިމެނޭ ހުރިހާ ދަރިވަރުންނަށްވެސް ހަފުލާގައި ސްޓޭޖް މަތިން އެވޯޑް ހަވާލުކުރުމަށެވެ.
މީގެ ދެ އަހަރު ކުރިން ބޭއްވި އޭލެވެލް އިމްތިހާނުގައި 48 ސެންޓަރަކުން 1500 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެ އެވެ. އޭލެވެލް އިމްތާނުގައި ބައިވެރިވި ކުދިންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ހަތް ދަރިވަރަކަށް ވަނީ ލިބިގެން ގޮސްފަ އެވެ.
ރައީސް ދެއްވާ އެވޯރޑް ދޭންވީ ރާއްޖޭން ބޭރުގެ ޔުނިވަރސިޓީ ތަކަށް ނޫނޭ އެ ފަންޑް ދޭން ޖެހޭނީ ސީދާ މާލޭގައި ހުންނަ އަމިއްލަ ކޮލެޖްސް ތަކަށޭ ސަބަބަކީ އެއީ ޓެކްސް ޕޭޔަރ މަނީއޭ މާލޭގައި ހުރި އަމިއްލަ ކޮލެޖްސް ތަކަށް ކުރިއެރުން އަންނާނީ ސަރުކާރުން ރާއްޖޭން ބޭރަށް ކުރާ ޚަރަދު ތައް ރާއްޖޭގެ އެތެރެއަށް ކުރިއްޔާ އެއިރުން އެފައިސާ ރާއްޖޭގައި ރޯލްވާނެއޭ އެހެން އެކަންވާތާ 10 އަހަރު ތެރޭގައި މާލެ ސަރަހައްދުގެ ކޮލެޖްސް ތައް ޔުނިވަރސިޓީ އަކަށް ބަދަލުވެ އެކަން ފެންނާނެއޭ ހުޅުމާލޭން ބިން ވެސް ދޭން ޖެހޭނެއޭ
ޓޮޕް 10 އެވޯޑް ދިނުމުގެ ރަސްމިއްޔާތު އަންނަ އާދިއްތަ ދުވަހުގެ ރޭ ބާއްވަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އެދެމޭ ޓޮޕް 10 ގައި ހިމެނޭ ކުދިންނަށް ރާއްޖޭން ބޭރުން ސްކޮލަރޝިޕްސް ތައް ދިނުމުގެ ބަދަލުގައި ރާއްޖޭގައި ހުރި އަމިއްލަ ކޮލެޖްސް ތަކުން އެމެންނަށް ޖާގަ ހޯދާދީ އަދި ރާއްޖޭގެ އަމިއްލަ ކޮލެޖްސް ތަކުން ކިޔަވާ ދޭ މާއްދާ އެއް މާސްޓަރސް އާއި ހަމައަށް ކިޔެވުމަށް ފަހު ދެން އެކުއްޖަކު އަމިއްލަ އަށް ވަޒީފާ އަދާ ކޮޮށްގެން ފައިސާ ހޯދައިގެން އަމިއްލަ އަށް ލޯން ނަގައިގެން ރާއްޖޭން ބޭރަށް ގޮސް ކިޔަވާ