ލ. ގަން ރީޖަނަލް ހޮސްޕިޓަލްގެ ބޯޑު އެކުލަވައިލައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ބޯޑު އެކުލަވައިލައްވާފައިވަނީ މިއަދު ކަމަށެވެ.

މި ބޯޑަކީ ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ ހިންގުމުގެ ކަންކަން ލާމަރުކަޒީ އުސޫލުން ބެލެހެއްޓެވުމަށްޓަކައި އުފައްދަވާފައިވާ ބޯޑެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. މި ބޯޑު އެކުލަވައިލައްވާފައި ވަނީ ތިރީގައި މި ދަންނަވާ ބޭފުޅުންގެ މައްޗަށެވެ.

  1. އިބްރާހީމް ޝަރީފް، މުކުރިމަގު، ސޯސަންވިލާ، ލ.ގަން (ސަރަޙައްދުގެ މާލީ ދާއިރާގެ މެންބަރެއް)
  2. ޑޮކްޓަރު މުހައްމަދު އިސްމާއީލް، ދަފްތަރު. ނަންބަރު ރސ 9558 (ހޮސްޕިޓަލްގައި މަސައްކަތް ނުކުރާ ހެލްތް ނުވަތަ މެޑިކަލް ދާއިރާގެ ތަޖްރިބާކާރެއް)
  3. މުހައްމަދު ހަމީދު، އަޅިވިލާގެ، ލ. ފޮނަދޫ (އާންމުންގެ ތެރެއިން އައްޔަންކުރެވޭ މެންބަރެއް)
  4. އިސްމާއީލް އަލީ، ތުނޑި، ބިނާ، ލ. ގަން (ސިޓީ ކައުންސިލްގެ މެންބަރެއް)
  5. މުހައްމަދު ޝިޔާމް، ތުނޑި، ފިތުރޯނުމާގެ، ލ. ގަން (ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެހުރި އިސްވެރިޔާ)

މި ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ރައީސް ސޯލިހު އައްޔަންކޮށްފައި ވަނީ އިބްރާހިމް ޝަރީފެވެ.