މޮސްކޯ (13 އޮކްޓޯބަރު) - ރަޝިއާގެ ވެކްސިނެއް ކަމަށްވާ ސްޕުޓްނިކުން ނޭފަތަށް ޖަހާ ސްޕްރޭއެއްގެ ގޮތުގައި ކޮވިޑް ވެކްސިން އުފައްދައި ޓެސްޓު ބުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.

ރަޝިއާއިން ފެންނަމުންދާ ކޮވިޑް ކޭސްތަކުގެ އަދަދު އިތުރުވަމުންދާ ދުވަސްވަރެއްގައި ސްޕުޓްނިކުން މި ވެކްސިން އުފެއްދީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ. ސްޕުޓްނިކްއަކީ ކޮވިޑް ޕެންޑަމިކް ތެރޭގައި ރަޝިއާގައި އެންމެ ފުރަތަމަ އުފެއްދި ވެކްސިނެވެ.

ރަޝިއާގެ ސްޓޭޓް ރެޖިސްޓާ އޮފް މެޑިސިންސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްޕުޓްނިކްގެ ނޭފަތަށް ޖަހާ ސްޕްރޭ ވެކްސިން ޖަހާނީ ދެ ޑޯޒުގެ މައްޗަށް ބަހާލައިގެން އެކަމަށް ހާއްސަ ކުރެވިފައިވާ ކްލިނިކްތަކެއްގަ އެވެ.

މިވެކްސިންގެ ޓެސްޓު ބުރުތައް ފަށާނެ ވަކި ތާރީހެއް އަދި ޔަގީން ނުވާއިރު، މިދިޔަ އަންގާރަ ދުވަހު އެ ގައުމުގެ ރައީސް ވްލަމިދިރް ޕުޓިން ވަނީ ކޮވިޑްގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދާތީ ރަޝިއާގެ ވެކްސިން ކެމްޕެއިން އަވަސް ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ

ރަޝިއާގެ ސިއްހީ އިދާރާތަކުން މިދިޔަ ޖޫން މަހު ބުނީ ނޭފަތަށް ޖަހާ ސްޕްރޭގެ ގޮތުގައި އުފައްދާ ވެކްސިންއަކީ 8 އަހަރާއި 12 އަހަރާ ދެމެދުގެ އުމުރުފުރާއަށް ވެސް ރައްކާތެރި ވެކްސިންއެއް ކަމަށެވެ. – ޗެނަލް ނިއުސް އޭޝިއާ