ދަވިއްގަނދަކީ ކެއްކުމުގައި ވަރަށް ގިނައިން ބޭނުން ކުރެވޭ އެއްޗެކެވެ. އާއްމުކޮށް ހަވާދު ހެދުމުގައި ބޭނުންކުރާ މި ބާވަތް އެހެނިހެން ގޮތްގޮތަށް ބޭނުން ކުރުމަކީ ވެސް ގިނަ ފައިދާތަކެއް ލިބޭ ކަމެކެވެ.

ހަށިގަނޑުގައިވާ އިތުރު ފެން ބޭރުކޮށްދޭ

ދުވާލަކު އެއްފަހަރު ދަވިއްގަނދު އަޅައިގެން ސައިތަށްޓެއް ބުއިމަކީ ހަށިގަނޑުގައި ގިނަވެފައި ހުންނަ ފެން ބޭރު ކުރުމަށް އެހީވެދޭ ކަމެކެވެ. އޭގެ އިތުރުން މިކަމުން ހަށިގަނޑުގައިވާ ވިހަ މާއްދާތައް ވެސް ބޭރުވެ އެވެ.

ލޭގެ ޕްރެޝަރު ކޮންޓްރޯލް ކޮށްދޭ

ޖާނަލް އޮފް ފުޑް ސައިންސްގައި ޝާއިއު ކުރެވިފައިވާ ދިރާސާއެއްގައި ބުނާ ގޮތުން ކޮންމެ ދުވަހަކު މުށެއްހާ ދަވިއްގަނދު ހަފައިގެން ކެއުމަކީ ކުޅުގައި ހުންނަ ނިިޓްރައިޓް ނަމަކަށް ކިޔާ މާއްދާއެއް އިތުރުވެ އޭގެ ސަބަބުން ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށްް އެހީވެދޭ ކަމެކެވެ.

ހަމުން ރޫފިލުވައިދޭ

ދަވިއްގަނދުގައި ހިމެނޭ އެންޓި އޮކްސިޑަންޓްސްގެ ސަބަބުން އުމުރުން ދުވަސްވުމުން ހަމަށް އަންނަ ބަދަލުތައް ކުޑަކޮށްދެ އެވެ. މީގެ ތެރޭގައި ހަމަށް ރޫއެރުމާއި ހަން ހިކުން ހިމެނެ އެވެ.