ބިހަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން އަދި މިނަރަލް ހިމެނޭ އެއްޗެކެވެ. އެގޮތުން ވިޓަމިން އޭ، ކެލްޝިއަމް، ފޮލޭޓް، ޕްރޮސްފަރަސް، ވިޓަމިން ބީ އަދި ޑީ ހިމެނެ އެވެ. އެހެން ކަމުން ކޮންމެ ދުވަހެއްގެ ކެއުމުގައި ބިސް ހިމަނައިފިނަމަ އެއިން ތިމާގެ ހަށިގަނޑަށް ބޮޑެތި ފައިދާތަކެއް ކުރާނެ އެވެ.

ބިހަކީ ކޮލީން އިން މުއްސަނދި ވެފައިވާ އެއްޗެއް ކަމުން ސިކުނޑިއަށް ފައިދާ ކުރެ އެވެ. މިއީ ވިޓަމިން ބީ ގެ ތެރޭގައި ހިމެނޭ ކޮލީން އަކީ ސިކުނޑީގައި އިތުރު މޮލެކިއުލް އުފެއްދުމަށާއި އާ ސެލްތައް އުފެދުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ސިކުނޑީގެ އިތުރުން މިއީ ލޮލަށް ވެސް ފައިދާ ހުރި ކާނާ އެކެވެ. އެގޮތުން ލޯ ފުސްވުމާއި ފެންނަ މިންވަރު ދަށްވުމުން ދުރުކޮށްދޭ ދެ މާއްދާ ކަމަށްވާ ލުޓެއިން އަދި ޒިއަޒާންތިން ބިހުގައި ގިނަ އަދަދަކަށް ހިމެނެ އެވެ.

ބިހަކީ ޕްރޮޓީންވެސް ގިނަ އަދަދަކަށް ހިމެނޭ އެއްޗެކެެވެ. އެގޮތުން ޑައެޓް ޕްލޭން ތެރޭގައި ދުވާލަކު 3 ބިސް ހިމަނައިފިނަމަ އެމީހަކަށް ބޭނުންވާ ވަރަށް ޕްރޮޓީން ލިބެ އެވެ. އަދި ބިހުގައި ވިޓަމިން އީ ހިމެނޭތީ ދުވާލަކު 3 ބިސް ކެއުމުން ހިތުގެ ބަލިތަކުންނާއި ކެންސަރުގެ ބައެއް ބާވަތް ތަކުން ދުރުކޮށްދެ އެވެ.

ދުވާލަކު ތިން ބިސް ކާއިރު ހަމައެކަނި ބިހުގެ ހުދުބައި ކެއުމުން ވެސް ބޭނުންވާ ވަރަށް ޕްރޮޓީން ލިބޭނެ އެެވެ. ބިހުގެ ގޮބޮޅިއަށްވުރެ ހުދު ބައިގައި ހަށިގަނޑަށް ފައިދާވާ މާއްދާތައް ހިމެނޭތީ އެެވެ.

އެއް ބިހުގައި 373މގ ގެ ކޮލެސްޓްރޯލް ހިމެނެ އެވެ. އެއީ 11 ގ ފެޓެވެ. އެހެން ނަމަވެސް ބިހުގައި ޕޮޓެންޝިއަމް 124މގ ހިމެނޭއިރު ސޯޑިއަމް 124މގ އާއި ޕްރޮޓީން 13ގ ހިމެނެ އެވެ.

ވިޓަމިންތަކަށް ބަލާއިރު ވިޓަމިން އޭ 10 ޕަސެންޓް ހިމެނޭއިރު، ވިޓަމިން ޑީ 12 ޕަސެންޓް ހިމެނެ އެވެ. އަދި ވިޓަމިން ބީ 18 ޕަސެންޓް ގެ އިތުރުން ވިޓަމިން ބީ6 5 ޕަސެންޓް ބިހެއްގައި ހިމެނެ އެވެ.