ކޮވިޑް-19 އަށް މާލެ ސަރަހައްދުން މިއަދު 23 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެ ސަރަހައްދުން 23 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު އަތޮޅު ތެރެއިން ހަތް މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

ކޮވިޑަށް އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 18 ދިވެހިންނާއި 12 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 11،421 މީހަކު މިބައްޔަށް ޕޮޒިވްވެފައިވެ އެވެ.

ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 44 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 10،472 އަށް އަރާފަ އެވެ. އަދި މި ބަލި ޖެހިގެން 37 މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ. އެއީ 30 ދިވެހިންނާއި، ހަތް ބިދޭސީންނެވެ.

ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދު 905 އަށް އަރާފައިވާއިރު 324 މީހަކު މިހާރު ވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 39 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އެގޮތުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 36 މީހަކަށް ވޯޑުގައި ފަރުވާދެމުންދާއިރު، އެކަކަށް އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ.