މޯލްޑިވްސް ނެޝަނަލް ޕާޓީ އެމްއެންޕީ ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފި އެވެ. އެމްއެންޕީއަށް މަޖިލީހުގެ ހައިސިއްޔަތު ލިބުނީ އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމެނުމައި ގުޅިގެންނެވެ. \

މިވަގުތު މަޖިލީހުގައި ތިބީ އެޕާޓީގެ 3 މެމްބަރުންނެވެ. އެއީ އެމްއެންޕީގެ ރައީސް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއާއި، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ އިތުރުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެވެ. މިބަދަލާއިއެކު މަޖިލީހުގައި މެމްބަރުން ހިމެނޭ ޕާޓީތަކުގެ ދަތްފަރަށްވެސް ވަނީ ބަދަލުތަކެއް އައިސްފައި އެވެ.

މިހާރު ސިޔާސީ ޕާޓީތައް މަޖިލީހުގައި ތަމްސީލު ކުރަނީ

  • އެމްޑީޕީ – 65 މެމްބަރުން
  • ޕީޕީއެމް – 6 މެމްބަރުން
  • ޖުމްހޫރީ ޕާޓީ – 3 މެމްބަރުން
  • ޕީއެންސީ – 3 މެމްބަރުން
  • އެމްއެންޕީ – 3 މެމްބަރުން
  • އެމްޑީއޭ – 2 މެމްބަރުން
  • މިނިވަން – 5 މެމްބަރުން

މިބަދަލާއިއެކު މަޖިލީހުގެ ކޮމިޓީތަކަށްވެސް ބަދަލުތަކެއް އަންނާނެ އެވެ. އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީގެ ދަފްތަރުގައި މިވަގުތު 11 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްފައިވެ އެވެ.