ނިދުމަކީ ސިކުނޑީގެ މަސައްކަތްތަކަށް ހުސް ވަގުތުކޮޅެއް ދޭ ކަމެކެވެ. ތިމާގެ ހަށިގަނޑަށް ލިބިދޭ ވަރުބަލިކަން ނައްތާލާ ކުރިއަށްހުރި ހަރަކާތްތަކަށް ތިމާގެ ހަށިގަނޑު ތައްޔާރުކޮށް ހާނާލުމަށް ވަރަށް މުހިއްމު ކަމެއް ވެސްމެ އެވެ.
އެހެން ކަމުން ނިދުމުގެ ވަގުތުތައް ކަނޑައެޅުމުގައި ސައިންސްވެރިން މިވަނީ ލަފައެއް ދެއްވާފަ އެވެ. ނިދުމުގެ އެ ވަގުތަކީ ކިތަންމެ މަދު ނުވަތަ ގިނަ ވަގުތަށްވީ ނަމަވެސްމެ އެވެ.
ތަޖުރިބާކާރުން ވިދާޅުވާގޮތުގައި މަސައްކަތެއްގައި އުޅެ ވަރުބަލިކަން ފިލުވާލުމަށް ތަނެއްގައި އޮށޯވެލައިގެން އޮތުމަށް އެންމެ ރަނގަޅީ 10 މިނެޓާއި 20 މިނެޓުގެ ވަގުތު ކޮޅެކެވެ.
ކިޔެވުމުގައި ވަގުތު ހޭދަކުރުމަށްފަހު ހިތްހަމަޖައްސާލުމަށް ގަޑިއިރެއްގެ ހުސްވަގުތު ނެގުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށާއި ގަޑިއަކުއިރު ނިދާލުމަށްފަހު ކިޔެވި އެއްޗެއް ހަނދާން ކުރަން ފަސޭހަވާނެ ކަމަށްވެސް ތަޖުރިބާކާރުން ވިދާޅުވެ އެވެ.
ދޮޅުގަޑި އިރު މިގޮތަށް ނިދުމަކީ މީހާގެ އުފެއްދުން ތެރިކަމާއި ހަނދާން ގަދަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިގޮތަށް ނިދާއިރުގައި ހަށިގަނޑު ތެދަށް ބާއްވައިގެން ނިދުމަށް ސައިންސްވެރިން ލަފާދެ އެވެ. ސަބަބަކީ މިކަމުން ގިނަ ވަގުތު ނިދުމުން މީހާ ދުރުކޮށްދޭ ކަމަކަށްވެފައި ކުރަން ހުރި މަސައްކަތަށް ރުޖޫއަވެވޭނެތީ އެވެ.
ލިބޭ ހުސްވަގުތުތަކުގައި ކޮންމެވެސް ވަރަކަށް ނިދާލުމަކީ ހަށިގަނޑަށާއި ސިކުނޑިއަށް އޭގެ ހެޔޮ އަސަރު ކުރާ ކަމެކެވެ. އެހެންކަމުން މިކަމުގެ އަޖުމަ ބަލާލާށެވެ.