ދިއްލީ (ނޮވެމްބަރު 8) - އިންޑިއާގެ އުފެއްދުންތެރިކަމުގެ މަރުކަޒު، ޗެންނާއީއަށް ރޭ ބޯކޮށް ވާރޭވެހި، ގިނަ ސަރަހައްދުތަކެއްގައި ފެންބޮޑުވެ، ބައެއް ސަރަހައްދުތަކުން މީހުން ހުސްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ޓެމިލް ނާޑޫ ސްޓޭޓްގެ ދެކުނުގެ އެންމެ ބޮޑު ސިޓީގެ އެކި ހިސާބުތަކުގައި ހުރި ރަބަރު ބޯޓްތަކުގައި ފެންބޮޑުވެ، ގަސްތައް ވެއްޓި، މީހުން ސަލާމަތްކުރާ މަންޒަރު ފެންނަ ފުޓޭޖްތައް އެ ގައުމުގެ މީޑިއާތަކުން އާންމުކޮށްފައިވެ އެވެ. ޗެންނާއީ އަކީ ކާރު އުފެއްދުމުގެ ބޮޑު ސިނާއަތެއް އޮންނަ ސިޓީއެކެވެ.

ސިވިކް ބޮޑީ، ގްރޭޓާ ޗެންނާއީ ކޯޕަރޭޝަނުން ޓުވިޓާގައި ބުނީ އެ ސިޓީގެ އެކި ހިސާބުތަކުގައި ރިލީފް ސެންޓަރުތަކާއި މެޑިކަލް ކޭމްޕްތައް ހުޅުވައި، ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތި ބަހަން ފަށާފައިވާ ކަމަށެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ޓެމިލް ނާޑޫގެ އެކި ސަރަހައްދުތަކަށާއި، ދެކުނުގެ އަންދްރަ ޕްރަދޭޝް ސްޓޭޓަށާއި، ޕުޑުޗެރީގެ ޔޫނިއަން ޓެރިޓަރީއަށް ކުރިއަށް އޮތް ހަތަރު ދުވަހުވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، މަސްވެރިން ކަނޑުމައްޗަށް ނުނިކުތުމަށް އެދޭ ކަމަށެވެ.

ބޭ އޮފް ބެންގާލްގައި ސައިކްލޯނިކް ސާކިއުލޭޝަނެއްގައި އުފެދުނު ލޯ ޕްރެޝަރަކާ ގުޅިގެން ވާރޭ ވެހުން ކުރިއަށް ދާނެ ކަމަށް އެ ގައުމުން ބުންޏެވެ.

"އިންޑިއާގެ ޑެޓްރޮއިޓް"ގެ ނަމުން ނަން ދެވިފައިވާ ސިޓީ، ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރު އެމް ކޭ ސްޓާލިން ރޮއިޓާސްގެ ޕާޓްނަރު އޭއެންއައިއަށް ވިދާޅުވީ ޗެންނާއީގެ އިތުރުން އިތުރު 11 ޑިސްޓްރިކްޓަކަށް 20 ސެންޓިމީޓަރު (7.8 އިންޗި) އަށް ވުރެ ބޮޑަށް ވާރޭ ވެހުމުގެ އަސަރު ކޮށްފައިވާ ކަމަށެވެ. އޭނާ ވަނީ، ރިކަވަރީގެ މަސައްކަތުގައި އެހީތެރިވުމަށް އޭނާގެ ހުރިހާ ވަޒީރުންގެ ކިބައިން ވެސް އެދިވަޑައިގެންފަ އެވެ.

2015 ވަނަ އަހަރުގެ ފަހުން ޗެންނާއީއަށް އެންމެ ބޯކޮށް ވެހުނު ވާރޭއަކީ މި ވިއްސާރައިގެ ވެހުނު ވާރޭ ކަމަށް ވެދާ ބްލޮގަރު ޕްރަދީޕް ޖޯން އޭނާގެ ފޭސްބުކް ޕޭޖް ޓެމިލް ނާޑޫ ވެދާމަންގައި ބުނެފައިވެ އެވެ.

އިންޑިއާގެ ދެކުނުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ނުރައްކާ އާދައިގެ މިންވަރަކަށް ބޮޑުކަމަށް މޫސުމާ ބެހޭ އިދާރާއިން ވެސް ލަފާކޮށް ނެރެފައިވާއިރު، ޓެމިލް ނާޑޫ ސްޓޭޓްގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ ބިންތިރި ބައެއް ސަރަހައްދުތައް ބަލަމުން އަންނަ ކަމަށެވެ. -- ރޮއިޓާސް