ގައުމުގެ މުސްތަގުބަލަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ކޮންމެ ގޮތެއް ހަދާފައި ވެސް ނިންމަންޖެހޭ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމު މިފަދައިން ވިދާޅުވީ އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ އިސްނެގުމަށް މާލޭގައި ކުރިއަށް ގެންދިޔަ ހިނގައިލުމާއި އިންޑިއާ އަސްކަރިއްޔާ ރާއްޖެއިން ބޭލުމަށް ގޮވާލައި ފަށާފައިވާ ހަރަކާތާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ.

Adv by Villa Hakatha Pvt. Ltd
Villa Hakatha Pvt. Ltd
Adv by Villa Hakatha Pvt. Ltd
Villa Hakatha Pvt. Ltd

ޝިޔާމްގެ ޓުވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ރާއްޖޭއާއި އިންޑިއާގެ ގުޅުން ހަރާބު ކުރާކަމަށެވެ. އަވައްޓެރި އިންޑިޔާއާއި ދޭތެރޭ ރައްޔިތުން ނަފްރަތު އުފެދޭ އެއްބަސްވުންތަކުގައި ސޮއިކުރާ ކަމަށް ވެސް ޝިޔާމް ތުހުމަތު ކުރެއްވި އެވެ.

އިދިކޮޅު ކޯލިޝަނުގެ އިއްޔެ ކުރިއަށް ގެންދިޔަ މި ހިނގާލުމަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި، އިންޑިއާއާ އެކު ހަދައިފައިވާ އެއްބަސްވުންތައް ހާމަކުރުމަށް ގޮވައިލާ ބޭއްވި ހިނގާލުމެކެވެ. އަދި މި ހިނގާލުމުގައި އިދިކޮޅު ކޯލިޝަނުގެ އިސް ބޭފުޅުންނާ އެކު ގިނަ އަދަދެއްގެ އާއްމުން ވަނީ ބައިވެރިވެފަ އެވެ.