މިއީ ދިވެހިންގެ ކެއުމުގައި އާއްމުކޮށް ބޭނުންކުރާ މޭވާއެކެވެ. އިހު ދިވެހިންގެ ދިރިއުޅުމުގައި ބަނޑު ކެއުމެއްގެ ގޮތުގައި ނަން މަޝްހޫރު ބާވަތެކެވެ. ދައްކަން މިއުޅެނީ ދޮންކޭލުގެ ވާހަކަ އެވެ.

ރޮލަށް ކެއުމުގެ އިތުރުން ދޮންކެޔޮ ވެފައިވަނީ ދިވެހިންގެ ފޮނި ކާތަކެތި ހެދުމުގައި މުޙިއްމު އެއްޗަކަށެވެ. އާދައިގެ މަތިން އަޅުގަނޑުމެން ބޭނުންކޮށް އުޅޭ މި މޭވާގެ އެތައް ގިނަގުނަ ފައިދާތަކެއް ވެއެވެ. ސިއްޙަތަށް ފައިދާހުރި ގިނަ މާއްދާތަކެއް ދޮންކޭލުގައި އެކުލެވިގެންވާކަން ދިރާސާތަކުން ވަނީ ސާބިތު ކޮށްދީފައެވެ.

ލޭގައި ދައުރުވާ ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަށް ދޮންކޭލަކީ އެހީއެކެވެ. އޭގައި ހިމެނޭ ޕެކްޓިން ނަމަކަށް ކިޔާ ފައިބާ ގެ ބާވަތުންނާއި ސްޓާޗްގެ ސަބަބުން ނާސްތާތަކަށް ފަހު، ހަކުރު ކޮންޓްރޯލް ކުރުމަށް އެހީ ވެދެއެވެ. އަދި ހަމަ އިތުރުން ބަނޑުހައިވުން ކުޑަކޮށްދީ ކެއުމުން ދުރުކޮށްދެ އެވެ.

ދޮންކޭލުގައި ހިމެނޭ ފައިބާގެ ސަބަބުން ޙަޖަތު ކުރުމުގެ ނިޒާމް ފަސޭހަ ކޮށްދެ އެވެ. އަދި ހަމައެހެންމެ ޙަޖަމް ކުރާ ނިޒާމުގެ ބަލިތަކުނު ދުރުކޮށްދޭ މޭވާއެއްގެ ގޮތުގައި ސައިންސްވެރިން ވަނީ ލިޔުއްވާފަ އެވެ.

ބަރުދަން ލުއި ކުރުމަށް މަސައްކަތް ކުރާ މީހުންގެ މެދުގައި ދޮންކޭލަކީ ވަރަށް މަޤުބޫލް އެއްޗެކެވެ. ފައިބާ އިން މުއްސަނދި އަދި ކެލޮރީސް މެދު ދޮންކެޔޮ ވެފައިވަނީ ގިނަ ޑައިޓީޝަނުންގެ ޑައިޓުގައި ނުހިމަނާ ދޫކޮށް ނުލާ މޭވާއަކަށެވެ. މީގެ އިތުރުން ވެސް ދޮންކޭލުގެ ސަބަބުން ބަނޑުހައިނުވެ ގިނައިރު ބަހައްޓައިދެ އެވެ.

ހަށިގަނޑުގައި ދައުރުވާ ވިހަ މާއްދާތަކުން ރައްކާތެރި ވުމަށް ދޮންކެޔޮ އެހީވެދެ އެވެ. މި މާއްދާތަކަކީ ހަށިގަނޑުގައި ގިނަވެ އާލާ ވެއްޖެނަމަ ހިތުގެ ބަލި ފަދަ ނުރައްކާތެރި ދާއިމީ ބަލިތަކަށް މީހާ ހުށައަޅައިދޭ މާއްދާތަކެކެވެ. އެހެންކަމުން ހިތުގެ ބަލި ފަދަ ބަލިތަކުން ދުރުވެ ތިބުމަށްޓަކައި ދޮންކެޔޮ ބޭނުން ކުރެވިދާނެ އެވެ.

ދޮންކޭލުގައި ގިނަ އަދަދަކަށް ޕޮޓޭސިއަމް އެކުލެވިގެނުވުމާއެކު އެއީ ލޭގެ ޕްރެޝަރު ކޮންޓްރޯލް ކޮށްދީ ކިޑްނީގެ ތަފާތު ބަލިތަކުން ދުރުކޮށްދެ އެވެ. ދިރާސާތަކުން ދައްކާގޮތުގައި ހަފްތާއަކު 6-5 ދެމެދުގެ އަދަދަކަށް ދޮންކެޔޮ ކާނަމަ ކިޑްނީގެ ބަލިތައް ޖެހުމުގެ ފުރުޞަތު 50 ޕަސެންޓަށް ދަށް ކޮށްދެ އެވެ.