މިނިވަންކަން ދިފާއުގައި ފުވައްމުލަކުގައި މިހާތަނަށް ބޭއްވުނު އެންމެބޮޑު ހިނގާލުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެ ރަށުގައި މިއަދު ހަވީރު ބާއްވައިފި އެވެ.
ފުވައްމުލަކުގައި މިއަދު ހަވީރު ބޭއްވި އެއްވުމަކީ އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލާ ބޭއްވި ހިނގާލުމެކެވެ. މި ހިނގާލުމުގައި އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕްގެ ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވެފައިވެ އެވެ.
އެ ހިނގާލުމުގައި ބައިވެރިވެވަޑައިގެންނެވި ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވީ ރައީސް ޔާމީނަކީ ހަމައެކަނި ރާއްޖޭގައި ހުންނެވި އެންމެ ވަރުގަދަ ލީޑަރު ނޫން ކަމަށާއި އެގޮތުން މިވަގުތު ދުނިޔޭގައި ތިއްބެވި އެންމެ ވަރުގަދަ ދެ އިސްލާމީ ލީޑަރުންގެ ތެރޭގައި ވެސް ޔާމީން ހިމެނިވަޑައިގަންނަވާ ކަމަށެވެ.
އަނެއް ލީޑަރަކީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާން ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑުމެންގެ މުޅި ދުނިޔެ، އިސްލާމީ އުންމަތް ބޭނުންވަނީ އުރުދުޣާން އާއި ރައީސް ޔާމީން ފަދަ ލީޑަރުންނަށް،" އޭނާ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ މިއީ ރާއްޖެ ދުށް އެންމެ އަނިޔާވެރި ސަރުކާރު ކަމަށާއި މި ސަރުކާރުން އަނިޔާތައް ދެމުންދާއިރު ވެސް ޔާމީން އިސްކުރެއްވީ ގައުމު ކަމަށެވެ. އަދި ރައީސް ޔާމީން ފިޔަވައި ގައުމު ދެކެ ލޯބިވާ، ދިވެހި ލޭ ހިނގާ އެއްވެސް އެހެން ސިޔާސީ ލީޑަރެއް ނެތް ކަމަށާއި ގައުމު އަނބުރާ ހޯދައި މިނިވަންކަން ދިފާއުކުރަން ޔާމީން މިނިވަން ކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިހިނގާލުމާބެހޭ ގޮތުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ މިއީ މިހާތަނަށް ފުވައްމުލަކުގައި ބޭއްވިގެން ދިޔަ އެންމެ ބޮޑު ސިޔާސީ ހަރަކާތް ކަމަށެވެ. ރައްޔިތުންގެ އަޑަކީ މިނިވަންކަން ދިފާއުކުރާނެކަމާއި އެމްޑީޕީގެ މަކަރުވެރި ސިޔާސަތައް ދެން ޖާގަނުދޭނެކަން މިހިނގާލުމުން ހާމަވެގެން ގޮސްފައިވާ ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވި އެވެ.
"ފުވައްމުލަކުގައި މިހާތަނަށް ބޭއްވުނު އެންމެބޮޑު ސުލްހަވެރި ސިޔާސީ ހަރަކާތް. ރައްޔިތުންގެ އަޑަކީ މިނިވަންކަން ދިފާއުކުރާނެކަމާއި އެމްޑީޕީގެ މަކަރުވެރި ސިޔާސަތައް ދެން ޖާގަނުދޭނެކަން. ތަރައްގީގެ ބާނީ ރައީސް ޔާމީން މިނިވަންކުރަން ޖެހޭކަން،" ފުވައްމުލަކުގައި މިވަގުތު ހުންނެވި ޑރ. ޖަމީލް ވިދާޅުވި އެވެ.
މީގެ އިތުރުން އިންޑިއާގެ އަސްކަރީ ފަރާތްތަކާއި ވަސީލަތްތައް ދިވެހި ބިމުން ބޭލުމަށް އިންޑިއާ ސަރުކާރަށް ގޮވާލާ ޕެޓިޝަނެއް ވެސް ތައްޔާރުކުރަން އިދިކޮޅުން ވަނީ ފަށާފަ އެވެ.
މި ޕެޓިޝަނުގައި ބުނެފައިވަނީ މި ސަރުކާރުން އިންޑިއާ ސަރުކާރާއެކު ސިއްރު އަސްކަރީ އެއްބަސްވުންތައް ގާއިމުކޮށް، އިންޑިއާގެ އަސްކަރީ ބޭނުންތަކަށް ރާއްޖޭގެ ސަރަހައްދު ބޭނުން ކުރުމުގެ ފުރުސަތު ދީފައިވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށެވެ.
އިންޑިއާ އިން ރާއްޖޭގައި ހިންގާ ދޯސްތީ ހަރަކާތަކީ ވެސް އެއީ ޖާސޫސް ކުރަން ވެގެން އިންޑިއާ އިން ކުރަމުން އަންނަ ކަމެކޭ އެކަން ވެސް ޖެހޭނީ ހުއްޓާލަންއޭ ކޮން ދޯސްތީ އެއްތޭ އިންޑިއާ އެއީ ދޯސްތީ އެއް ނޫނޭ އެއީ ބަތާހަރާމީ ހަރާމްކޯރެކޭ އިންޑިއާ ދޯސްތީ ހަރަކާތް ވެސް ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ
އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް
އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް